...

ތިލައުތުރު ފަށަން ކުޅުނު ޗެރިޓީ މެޗު އިހަވަންދޫ އަށް

325

ތިލައުތުރު ފުޓްސަލް މުބާރާތް ފަށަން ކުޅުނު ޗެރިޓީ މެޗު އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫން ކާމިޔާބުކޮށްފިއެވެ. އިހަވަންދޫން ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ އުތީމާ ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

އެންމެ ފަހުގެ ފައިނަލްގައިވެސް ކުޅުނު ދެޓީމް މިފަހަރު ޗެރިޓީ. މެޗުގައި ވާދަކުރީ ޗެމްޕިއަން ޓީމްގެ ހައިސިއްޔަތުންނާއި މުބާރާތް ބާއްވާ ރަށުގެ ހައިސިއްޔަތުންނެވެ. މިފަހަރުގެ މުބާރާތް ބާއްވަނީ އުތީމްގައެވެ.

ތިލައުތުރު ފުޓްސަލް މުބާރާތް ފައްޓަވައިދެއްވީ ސްޕޯރޓްސް ކޮމިޝަނަރ ޠޮލާލް: ފޮޓޯ-އުތީމް ކައުންސިލް

ޗެރިޓީ މެޗު އިވަހަންދޫން ކާމިޔާބުކުރީ ފުރިހަމަ ވަގުތު ދެޓީމް 1-1 ން އެއްވަރުވެ, ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ތެރެއިން ފުރަތަމަ ހާފްގައި އިހަވަންދޫއަށް ލީޑް ނަގައިދިނީ އަލީ ނާއިޝް އެވެ. ދެވަނަ ހާފްގައި އުތީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރިޝްވާންއެވެ.

ޕެނަލްޓީގައި އިހަވަންދޫން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. އުތީމުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިހަވަންދޫ ކީޕަރު ނައްސާން ދިފާއުކުރިއެވެ.

@happehafsy

މުތީއެއް ފަދަ އުތީމްގައި ފެށި ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެރިޓީ އައްޑަނަ އިހަވަންދޫއަށް👊 #maldives #futsal #utheem #thilauthurufutsaltournament2025 #travelvlog

♬ original sound – Hafsee.com
މުބާރާތާގުޅޭ ވީޑިއޯ ރިޕޯރޓް

މިފަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތުގައި އަތޮޅުގެ 9 ރަށަކުން ވާދަކުރެއެވެ. މުބާރާތް ކުރިއަށް ދަނީ ދެ ގްރޫޕަށް ބަހާލައިގެން, ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މުބާރާތް ފެށުމަށް އުތީމްގައި ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. މުބާރާތް ފެށި ދުވަހާ ނަސްރުގެ ދުވަސް ދިވާވުމުން އުތީމް ޣާޒީ ބަންޑާރައިން ސްކޫލްގެ ދަރިވަރުން ވަނީ ނަސްރުގެ ދުވަސް ތަސައްވަރުކޮށްދޭ ކުރު ޑްރާމާއެއްވެސް ހުށަހަޅައިދީފައެވެ.

މުބާރާތް ފެށީ ނޮވެމްބަރު 3 ގެ ހަނދާން އާކުރަމުން: ފޮޓޯ-އުތީމް ކައުންސިލް

ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ޗެރިޓީ ޝީލްޑް މެޗާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.