...

މިލައުތުރުގެ ޗެމްޕިއަންކަން ކަނޑިތީމުން ދިފާއުކޮށްފި

532

މިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކަނޑިތީމުން ދިފާއުކޮށްފިއެވެ. ށ.އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކަނޑިތީމުން ދިފާއުކުރީ އަމިއްލަ ރަށުގައި ކުޅުނު މުބާރާތުގެ ފައިނަލްގައި މިލަންދޫގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފައިނަލް މެޗު ކަނޑިތީމުން ކާމިޔާބުކުރީ 6-2 ނެވެ. މެޗުގައި ކަނޑިތީމްގެ ރައުލް ނިޔާޒު ހެޓްރިކް ހެދިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ކަނޑިތީމަށް މެޗުގައި ދެން ލަނޑުތައް ޖަހައިދިނީ މިކީ އާއި ތައުގެ އިތުރުން ކިޓޭއެވެ.

މުބާރާތުގެ ޗެމްޕިއަން ކަނޑިތީމް ޓީމް ތަށްޓާއެކު: ފޮޓޯ-ކަނޑިތީމް ކައުންސިލް

މިލަންދޫގެ ދެ ލަނޑު ޖެހީ ޝަނީ އާއި ނިޒާހުއެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީވެސް މިލަންދޫންނެވެ. މުބާރާތުގެ ކިންގަކީ މިލަންދޫގެ އަހުމަދު ޝަނީ އެވެ. އަދި ރަންބޫޓްވެސް ހޯދީ އޭނާ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކަނޑިތީމްގެ މުޙައްމަދު ނާފިއު އާއި ރައުލް ނިޔާޒު އާއި މިލަންދޫގެ އިބްރާހީމް ސައީދު އާއި ބިލެއްފަހީގެ އިބްރާހީމް އައިމަން އާއި މަރޮށީގެ އަބްދުالله ނާސިފް އެވެ. އެންމެ މޮޅު ކީޕަރަކީ މަރޮށި ކީޕަރު އަބްދުالله ސައީދު އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ތަށި ހޯދައިދިން ކޯޗު ފައުޒާން އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ކޮމަންޑޫގެ ރުބަން ހުސައިން އެވެ.

މުބާރާތުގައި ހޮވި ބެސްޓް ސަޕޯޓިންގ ޓީމަކީ ށ.ފޭދޫ އެވެ. މިމުބާރާތުގައި ށ.އަތޮޅުގެ 14 ރަށުގެ ތެރެއިން 13 ރަށުން ވާދަކުރިއެވެ. މިއީ ށ.އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް ބާއްވަން ހުށަހެޅީ ކަނޑިތީމުންނެވެ.

ލިޔުމާގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.