...

ވާވަށް ޑްރީމް ސްޕީޑް

1041

މާލެ އިން ފުރައިގެން ފުލިދު އަށް އެއް ގަޑިއިރެވެ. ފުލިދޫން ތިނަދޫ އަށް ފަންސަވީހަކަށް މިނިޓެވެ. ތިނަދޫން ކެޔޮދޫއަށް އަދި ކެޔޮދޫން ފެލިދޫ އަށެވެ. މިއީ މާލެ އިން ފަށާ ދަތުރުގެ ރޫޓެވެ.

އަތޮޅުން ދަތުރު ފަށަނީ ފެލިދޫން ނެވެ. ފެލިދޫން ތިނަދޫ އަށް އަދި ތިނަދޫން ކެޔޮދޫ އަށެވެ. ކެޔޮދޫން ފުލިދޫ އަށެވެ. ފުލިދޫން އެއަޕޯރޓަށް ކައިރި ކުރުމަށްފަހު މާލެއެވެ. މި ރޫޓުން ހަފްތާގެ ކޮންމެ ދުވަހަކު ދެ ދަތުރު ކުރެއެވެ. އެހެންކަމުން މާލެ އާއި ވާވާ ދެމެދު ދަތުރުތައް ވަރަށް ފަސޭހައެވެ. މިއީ ‘ޑްރީމް ސްޕީޑް’ ގެ ދަތުރު ރޫޓެވެ.

ޑްރީމް ސްޕީޑް ފެލިދޫ ފަޅަށް ވަންނަނީ: ފޮޓޯ-ޙަފްޞީ

ޑްރީމް ސްޕީޑްގެ ވާވު ދަތުރުތަކުގައި ނުހިމެނެނީ އެއް ރަށެވެ. އެއީ ރަކީދޫ އެވެ. ޑްރީމް ސްޕީޑްގެ ދަތުރުތަކަށް މާލެއިން ފުރާ ގަޑިއަކީ ހެނދުނު 10:30 އާއި ހަވީރު 4:00 އެވެ. ހުކުރު ދުވަހު ހެނދުނު ދަތުރު 9:30 ގައެވެ. އަތޮޅުން ފުރާ ގަޑިއަކީ ހެނދުނު 6:00 އާއި މެންދުރު 1:00 އެވެ.

ޑްރީމް ސްޕީޑްގެ ތިން ލޯންޗް މިދެމެދުގައި ދަތުރުތައް ކުރެއެވެ. އޭގެތެރޭގައި 60 މީހުންގެ ބޮޑު ލޯންޗް ވެސް ހިމެނެއެވެ. ދެން އޮތީ އެންމެ މުހިއްމު ސުވާލެވެ. އަގެވެ. މާލެ އާއި ފުލިދޫއާ ދެމެދު ކޮޅަކަށް 300 ރުފިޔާ އެވެ. މާލެ އިން ކެޔޮދޫ, ތިނަދޫ އަދި ފެލިދޫ އާ ދެމެދު 350 ރުފިޔާ އެވެ.

ޑްރީމް ސްޕީޑް 3 ފެލިދޫ ފަޅުގައި: ފޮޓޯ-ޙަފްޞީ

އަތޮޅު ތެރޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަންވެސް މިއީ އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެކެވެ. ފެލިދޫ އާއި ފުލިދޫއާ ދެމެދު ކުރާ ދަތުރުގައި ސީޓަކަށް 150 ރުފިޔާ އެވެ. ކެޔޮދޫ އާއި ތިނަދޫ އާއި ފެލިދޫ އަކީ ވަރަށް ކައިރި ތިން ރަށަށް ވުމުން އެދެމެދުގައި ކުރާ ދަތުރުތަކަށް ދަތުރުވެރިން އަތުން ފައިސާއެއް ނުނަގައެވެ.

މޫސުން ރަނގަޅު ދުވަސްތަކުގައި ދަތުރުތައް ވަރަށް އަރާމެވެ. ލައިފް ޖެކެޓް ކުރިމަތީގައި އޮވެއެވެ. ދަތުރުވެރިޔާ ބޭނުން ކޮންމެ ވަގުތަކު އަޅަންވީއެވެ. އަހަރެން ޑްރީމް ސްޕީޑްގައި މާލެއާ އަތޮޅާ ދެމެދު ދަތުރުކޮށްފީމެވެ. އަދި އަތޮޅުގެ އެއް ރަށުން އަނެއް ރަށަށްވެސް ދަތުރު ކޮށްފީމެވެ. އަހަރެންގެ އިތުބާރު ޑްރީމް ސްޕީޑަށް އެބައޮތެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.