...

ވާވު ވޮލީ: އަންހެން ޗެމްޕިއަންކަން ފުލިދޫ އަށް

1009

ވޮލީބޯޅައިގެ އަތޮޅު, ވާވު އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފުލިދޫ ހޯދައިފިއެވެ.

ފުލިދޫން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 3-1 ސެޓުން ކެޔޮދޫ ބަލިކޮށްގެންނެވެ. ލީގު ބުރުގައި ކެޔޮދޫ އަތުން ބަލިވެފައި ވަނިކޮށް, ފައިނަލްގައި ފުލިދޫން ވަނީ އިތުބާރާއެކު ކުޅެފައެވެ. މެޗުގެ ފުރަތަމަ ސެޓް ފުލިދޫން ގެންދިޔައީ 25-17 ނެވެ. މެޗުގެ އެންމެ ވާދަވެރި ދެވަނަ ސެޓް 28-26 ން ގެންދިޔައި ކެޔޮދޫ އެވެ. ތިންވަނަ ސެޓްވީ މުބާރާތުގައިވެސް ފެނުނު އެންމެ ފަރަގު ބޮޑު ސެޓަށެވެ. ތިންވަނަ ސެޓް ފުލިދޫން ގެންދިޔައީ 25-5 ނެވެ. މިސެޓްގައި ކެޔިދޫން ވަނީ ބިދޭސީ ދެ ކުޅުންތެރިން ބަދަލުކޮށް, ހަތަރު ވަނަ ސެޓަށް ރެސްޓްވެސް ދީފައެވެ. ހަތަރު ވަނަ ސެޓް ފުލިދޫން ގެންދިޔައީ 25-20 ނެވެ.

ފުލިދޫ ޓީމް މުބާރާތުގެ ތަށްޓާއެކު: ފޮޓޯ-ޙަފްޞީ

މެޗުގެ މޮޅު ކުޅުންތެރިއަކީ ފުލިދޫގެ ޗަންދު ޕޫނަމް އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައިވެސް ޕޫނަމް ހިމެނެއެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާ ޗަންދު ޕޫނަމް: ފޮޓޯ-ޙަފްޞީ

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ސެޓަރު ފުލިދޫގެ އައިޝަތު ޝިނާ އާއި, ފުލިދޫގެ ބަންޑާރީ އުޝާ އާއި ސަމްހާ ހުސައިން އާއި ކެޔޮދޫގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އަރީލުއާ އާއި ޗަނޮކްނަން އެވެ. އެންމެ މޮޅު ލިބަރޯ އަކީ ފުލިދޫގެ މަސޫބާ އިސްހާގު އެވެ. އެންމެ މޮޅު ކޯޗަކީ ޗެމްޕިއަންކަން ހޯދައިދިން ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކެޔޮދޫގެ އާމިނަތު ރައިހާނަތު ފާއިޒު އެވެ.

ފުލިދޫ ރައީސް މުބާރާތުގެ ޗެމްޕިއަން ޓްރޮފީއާއެކު ކޯޗު އަދި ނޭޕާލް ދެކުޅުންތެރިންނާއެކު: ފޮޓޯ-ޙަފްޞީ

މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން ފުލިދޫ އަށް ދިއުމުން ރަށުގެ ރައްޔިތުން ނިކުމެ ރަތް ދޫލައިގެ މަރުހަބާއެއް ވަނީ ކިޔާފައެވެ. މިކާމިޔާބީ ފުލިދޫ ކޯޗާއި ކުޅުންތެރިން ސިފަކުރީ ސަޕޯޓަރުންގެ ވަރަށް ބޮޑު ދައުރަކާއެކު ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.