...

ވާވު ވޮލީ: ފައިނަލްގައި ކެޔޮދޫއާ ދެކޮޅަށް ފުލިދޫ

589

ވ.އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ދެވަނަ ޖާގަ ފުލިދޫ ހޯދައިފިއެވެ. ފުލިދޫ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ފެލިދޫ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

މެޗުގެ ސެޓްތައް ފުލިދޫން ގެންދިޔައީ 25-22, 25-18 އަދި 25-14 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފުލިދޫ ޓީމަށް ކުޅޭ ނޭޕާލް ދެ ކުޅުންތެރިންގެ ތެރެއިން ބަންޑާރީ އުޝާ އެވެ.

މެޗަށްފަހު ފުލިދޫ ޓީމްގެ ކެޕްޓަން ބުނީ މެޗަށް ނިކުތީ ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އޭނާ ބުނީ މެޗުން މޮޅުވީ ވަރަށް ހިތްވަރު ކޮށްގެން, ސަޕޯޓަރުންގެ ހިތްވަރާ އެއްކޮށް ކަމަށެވެ. އަދި ސަޕޯޓަރުންގެ އެހީގައި ފައިނަލް މެޗުވެސް ކާމިޔާބު ކުރެވޭނެ ކަމަށް ބުންޏެވެ.

ސެމީން މޮޅުވެ ފުލިދޫ ކެޕްޓަން ޙަފްސީ.ކޮމްއާ ވާހަކަދައްކަނީ

ފައިނަލްގައި ފުލިދޫ ވާދަކުރަން ޖެހޭނީ ކެޔޮދޫ އާއެވެ. މިދެޓީމް ލީގު ބުރުގައި ކުޅުނު މެޗު ކާމިޔާބުކުރީ ކެޔޮދޫ އެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.

ފައިނަލަށް ދަތުރުކުރުމުން ފުލިދޫ ޓީމް ކުޅުންތެރިން އުފާފާޅުކުރަނީ
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.