...

‘ފްލައިންގ ފިޝް’ ގައި ފޮއްދޫއަށް!

1148

އާދައިގެ މަތީން ޖާގައެއް ހޯދަން މިފަހަރުވެސް ގުޅާލީމެވެ. އެކަމަކު ގުޅާލައިގެން މިފަހަރު އެކަމެއް ނުވިއެވެ. ދިނީ އެއަށްވުރެ މާފަސޭހަ, މާސަޅި އިހުތިޔާރެކެވެ. އެދުނީ ފޮނުވާ ލިންކަށް ވަދެލުމަށެވެ.

ލިންކްތަކަށް ވަނުން ރައްކާތެރި ނޫން ނަމަވެސް އިތުބާރު ހިފޭ މީހެއްގެ ފަރާތުން ލިބުނު ލިންކަކަށް ވުމާއި, ލިންކް ފޮނުވި މީހާ ޔަގީންވާތީ އެލިންކަށް ވަނީއެވެ. އެއީ www.flynfish.mv އެވެ. އެވަދެވުނީ ފްލައިންގ ފިޝްގެ ޓިކެޓް ނެގުމަށް ވެބްސައިޓަށެވެ. ފުރަން ބޭނުންވާ ރަށް ސެލެކްޓް ކޮށްލަންވީއެވެ. އެއަށްފަހު ދާން ބޭނުންވާ ރަށާއި, ދަތުރުކުރަން ބޭނުންވާ ތާރީޚު ސެލެކްޓް ކޮށްލުމަށްފަހު ކުރިއަށް ދިއުމުން ޓިކެޓްގެ އަގާއި, ދަތުރުކުރާ ލޯންޗާއި, އެލޯންޗްގައި ހުރި ސީޓްތައް ފެނެއެވެ. ހުސްކޮށް ހުރި ސީޓްތަކާއި, ފުލްކޮށް ހުރި ސީޓްތައްވެސް އިނގޭ ގޮތަށެވެ. ހުހަށް ހުރި ސީޓް ތަކުގެ ތެރެއިން ބޭނުން ސީޓެއް އިހުތިޔާރުކޮށްލަންވީއެވެ.

ކުރިއަށް ދިއުމުން ފައިސާ ދައްކަންވީ ހިސާބަށް ދެވުނީއެވެ. ބީއެމްއެލްގެ ރުފިޔާ އެކައުންޓާއި, ޑޮލަރު އެކައުންޓްގެ އިތުރުން އިސްލާމިކް ބޭންކްގެ އެކައުންޓް ނަމްބަރެއްވެސް އެބައޮތެވެ. ބޭނުން ކޮންމެ އެކައުންޓަކަށް ފައިސާ ޖަމާކޮށް ސްލްޕް އަޕްލޯޑް ކޮށްލަންވީއެވެ. އަދި ޓިކެޓް ލިބުމަށް އެދެނީ ޓެލެގްރާމް ނުވަތަ އީމެއްއިލްއަށްތޯ ސިލެކްޓް ކޮށްލުމަށްފަހު ކުރިއަށް ދިއުމުން ފައިސާ ލިބިއްޖެ ކަމުގެ މެސެޖާއި, ސައްހަކަން ކަށަވަރުކުރުމުގެ ވަގުތުކޮޅަކަށްފަހު ޓިކެޓް ފޮނުވާލާނެކަމަށް ބުނާ މެސެޖެއް ލިބެއެވެ.

ހަމަ ވަރަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޓިކެޓް ލިބިއްޖެއެވެ. ޓިކެޓާއެކު ރީފަންޑަށް އެދުމާއި, ތާރީޚު ބަދަލު ކުރުމާއި, ސްޕީޑް ބޯޓް ޓްރެކް ކުރާނެ ލިންކްވެސް ހިއްސާކުރިއެވެ. މާނައަކީ ދަތުރު ކެންސަލްވެސް ކޮށްލެވިދާނެއެވެ. ދަތުރުކުރާ ތާރީޚުވެސް ބަދަލުކޮށްލެވިދާނެއެވެ.

އަހަރެންގެ ދަތުރު އޮތީ ނ.ފޮއްދޫ އަށެވެ. އެދަތުރަށް ކަނޑައެޅިފައިވާ އަގަކީ 750 ރުފިޔާއެވެ. ނަސީބު ރަނގަޅު ކަމުން ދަތުރުކުރަން އޮތީ ފަސް އިންޖީނުލީ ބޮޑު ލޯންޗެވެ. 60 މީހުންގެ ޖާގައިގެ ފްލައިންގ ފިޝް 20 އެވެ. މޫސުން ރަނގަޅު ދުވަހެއް ނޫނެވެ. އެކަމަކު އިރާދަކުރެއްވީތީ މާބޮޑު އުނދަގޫތަކެއް ކުރިމަތިނުވެ މާލެއިން ނައިފަރަށް, ނައިފަރުން ވެލިދޫއަށް އަދި ވެލިދޫން ފޮއްދޫއަށް އާދެވިއްޖެއެވެ. މިރޫޓް ބަރާބަރެވެ. ޓިކެޓް ނަގަން އަދި މާފަސޭހައެވެ. ޓިކެޓެއް ހޯދަން ގުޅަން ޖެހުން ނިމުނީއެވެ.

@happehafsy

ނ.ފޮއްދޫއަށް، އެންމެ އަރާމް ރޫޓަކަށް ފެނުނީ ‘ފްލައިންގ ފިޝް’. ޓިކެޓް ނަގަން އަދި މާފަސޭހަ! އެޕްލިކޭޝަން މެދުވެރިކޮށް ބޭނުން ސީޓެއް ސެލެކްޓްކޮށްލަންވީ #flyingfish #travel #travelvlog #tiktoktraveller #traveller #maldives #beautifulmaldives #localtourist #fodhdhoo #hafseeabdulla #hafsee

♬ Travel Corporate Background – 佚名
ލިޔުމާގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.