5 ރަށުން 7 ޓީމާއެކު ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް އޮގަސްޓް 1 ގައި

683

5 ރަށުން 7 ޓީމާއެކު ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް އަންނަ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ރިސޯރޓްތަކަށްވެސް ވާދަކުރެވޭ ގޮތަށް ހުޅުވާލި މުބާރާތުގައި ފޮއްދޫގެ އިތުރުން ވާދަކުރަނީ ޅޮހި, މަގޫދޫ, ހޮޅުދޫ އަދި ސޮނެވާ ޖަރނީ އެވެ. މުބާރާތުގައި ފޮއްދޫން 3 ޓީމް ވާދަކުރެއެވެ.

ފޮއްދޫން ވާދަކުރަނީ ކުޑަކަންމަތި ސްޕޯރޓްސް ކްލަބް, ޔުނައިޓެޑް ކުޑަކަންމަތި ސްޕޯރޓްސް ކްލަބް, އަދި ޞިއްހީ މަރުކަޒުގެ ޓީމެވެ. ޅޮހިން ވާދަކުރަނީ ޅޮހީ ބޯއީސް އެވެ. މަގޫދޫން ވާދަކުރަނީ އެފްސީ ގޯލްޑަން ފެލްކޮން އެވެ. ހޮޅުދޫން ވާދަކުރަނީ މައި ޔުޓައިލް ސްޕޯރޓްސް އެކަޑަމީ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް މިފަހަރު ވަނީ 30,000 ރުފިޔާ ކަނޑައަޅާފައެވެ. ރަނަރަޕް ޓީމަށް 15,000 ރުފިޔާ އަދި ފެއަރޕްލޭ ޓީމަށްވެސް ވަނީ 10,000 ރުފިޔާ ކަނޑައަޅާފައެވެ.

މުބާރާތް ރާވާލާފައި ވަނީ ލީގު ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ދެވަނަ ޓީމާއި ތިންވަނަ ޓީމް ސެމީފައިނަލެއް ކުލެ މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭ ގޮތަށެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ކުޑަކަންމަތި ސްޕޯރޓްސް ކްލަބެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.