މާލެއިން ފުރައިގެން 40 މިނިޓްގެ ދަތުރަކުން ދެވޭ ހިސާބުގައި އޮތް ދިއްފުށްޓަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ކޮމިއުނިޓީ ޓޫރިޒަމްގައެވެ. އުމްރާނީ ގޮތުން ސަރުކާރުގެ އިމާރާތްތަކަށް ބަދަލެއް އައިސްފައި ނުވިޔަސް ވިޔަފާރިވެރިންގެ, ވިޔަފާރީގެ އިމާރާތްތަކުން ދިއްފުށި ބަދަލުކޮށްލައިފިއެވެ. ޢާއްމު ދިރިއުޅުމުގެ މަންޒަރުތައް ރަށުން ފެނުމާއެކު ކޮމިއުނިޓީ ޓޫރިޒަމްއާއެކު އައިސްފައިވާ ބަދަލު ހައެއްކަ ތަސްވީރުންވެސް އިހުސާސް ކުރެވެއެވެ.















