40 މިނިޓްގެ ދަތުރަކަށްފަހު މި ފޭބީ ކ.ދިއްފުއްޓަށެވެ. ދުވާލަކު ތިން ފަހަރު މާލެއާ ދިއްފުށްޓާ ދެމެދު އަލްޓެކްގެ ލޯންޗްތައް ދަތުރުކުރާތީ ދަތުރު ފަތުރު ފަސޭހައެވެ. ރަށަށް ފޭބިއިރު ބަރި ޖަހާލާފައި ހުރި ބަގީ ތަކާއި ރަށު ޕިކަޕްތައް ފެނުމުން މިރަށް އޮތް ޑިމާންޑް ބޮޑުކަން އިހުސާސް ކުރެވުނެވެ. އޭގެކުރިން މާލެއިން ފުރިއިރު އަލްޓެކްގް ދެ ލޯންޗް އެއް ވަގުތެއްގައި ފުރުމުން ދިއްފުށްޓަކީ މަގްބޫލް ރަށެއްކަން ކަށަވަރުވެއެވެ.
އެހެންނަމަވެސް ދިއްފުށި ޚާއްޞަވާ ސަބަބާ މެދު އަމިއްލަ ނަފްސާ ސުވާލުކުރީމެވެ. ދިއްފުށްޓަށް ޒިޔާރަތް ކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލުކޮށް އެސުވާލަށް ޖަވާބު ހޯދަންވެސް ބޭނުވިއެވެ. ދިއްފުށީގެ ޚާއްޞަ ކަން ދެނެގަންނަން ބޭނުންވިއެވެ. އެންމެ ފުރަތަމަ ކަމަކަށް މާލެއާ ކައިރި ރަށަކަށްވުމެވެ. ހަމައެއާއެކު މާލެއިން ބޭރުވެވިއްޖެ ކަމުގެ އިހުސާސް ކުރެވުމެވެ.

ކޮމިއުނިޓީ ޓޫރިޒަމްގައި މިރަށުން ނުލިބޭ ޚިދުމަތެއް ނެތެވެ. ކޮމިއުނިޓީ ޓޫރިޒަމްގައި މިރަށުން ފާހަގަކުރެވުނު އެންމެ ޚާއްޞަ ކަމަކީ ވަރަށް ޒަމާނީ ސަޅި ގެސްޓްހައުސްތަކެއް ރަށުގެ އެކި ހިސާބުގައި ހުރުމެވެ. އަދި ގާޑިޔަލުން ފެށިގެން ތަފާތު ފެންވަރުގެ ކެފޭ ރެސްޓޯރަންޓްތައް ގިނަވުމެވެ. ގެސްޓް ހައުސްތަކުގައިވެސް ކޮލިޓީ ރެސްޓޯރަންޓްތައް ހުރުމުން ޒިޔާތަތްކުރާ ފަރާތްތަކުން ބޭނުން ފެންވަރެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ލިބިދެއެވެ.
މޫދު ކުޅިވަރު ކުޅުމުގެ ފުރުޞަތުވެސް މިރަށުގައި އޮތީ ވަރަށް ބޮޑަށް ފަހިކޮށެވެ. މައިގަނޑު ހުރިހާ ކުޅިވަރެއް ކުޅުމުގެ ފުރުޞަތު އޮތްކަން ޔަގީން ކުރެވުނެވެ. މޫދަށް އެރޭނެ ތިން ހަތަރު ދިމާއެއް ފާހަގަކުރެވުނެވެ. ރަށު ތެރެއިން ޢާއްމު ރަށެއްގެ ހިތްހަމަ ޖެހުން ވަރަށް ބޮޑަށްވެސް ލިއްބައިދިނެވެ.

ބައިސްކަލާއި, ސައިކަލް ކުއްޔަށް ދޫކުރާތީ ހިނގާފަ އުޅެން އުނދަގޫ ފަރާތްތަކަށް އިހުތިޔާރު އެބައޮތެވެ. އެކަމަކު މިއީ ފައިމަގުގައި އުޅެލެވޭވަރުގެ ރަށެކެވެ.
އަހަރެންގެ މިދަތުރުގައި އާއިލާއާއެކު މަޑުކޮށްލީ އަރާމް ހޮލިޑޭސް އެންޑް ސްޕާގައެވެ. ކުރުކޮށް ބުނާނަމަ ބުނެވޭނީ މިއީ ޚިދުމަތުގައި ހަމަ އެއްވަނައެވެ. ރަހުމަތްތެރި މިމާހައުލުގެ ކޮންމެ މުވައްޒަފެއްގެ ފަރާތުން ލިބުނީ ފުރިހަމަ މެހުމާންދާރީއެވެ. މިތަނުގެ ރެސްޓޯރަންޓްގެ ރަހަތައް ބަރާބަރު ވެފައި ވެރައިޓީސް ގިނައެވެ. އަދި ރެސްޓޯރަންޓްގެ މާހައުލު ހިތްގައިމެވެ. މިތަނުގެ ރެސްޓޯރަންޓްގެ ރަހަތަށް ވަރަށް ރަނގަޅު ވެފައި ވެރައިޓީސް ގިނައެވެ.

ހަތަރު ފަންގިފިލާ ހިމެނޭ ގެސްޓްހައުސްގެ އެންމެ މަތީގައި ބޮޑު ޓެރަސްއެއް އޮތުމާއި އެތަނުގައި ޕްލޭ ހޯލާއެކު ކެފޭއެއް ހުރުމުން ރަށުގެ ‘ވިއު’ ފެންތަނުގައި ކޮފީއެއް ބޯލުމުގެ ހިތްހަމަ ޖެހުންވެސް ލިއްބައިދެއެވެ. އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ހުރީ ގާއިމްކޮށްފައެވެ. ތެވެލި ވިއު ކެފޭއާއި ޕްލޭ ހޯލް ހިމެނޭ އެންމެ މަތީ ފަންގި ފިލާ ވަނީ ޢާއްމުކޮށްވެސް ހުޅުވާލާފައެވެ.
ގެސްޓްހައުސްގެ ކޮޓަރިތަކަށް ބަލާއިރު އެކި ކެޓަގަރީގެ ކޮޓަރިތައް ހިމެނެއެވެ. ކޮންމެ ކޮޓަރިއެއްވެސް ޖާގަ ތަނަވަހެވެ. ސާފްތާހިރުވެފައި, ސްޓޭންޑަޑް ހައިއެވެ. އާއިލާތަކަށް ޚާއްޞަ ‘ފެމިލީ ސްއިޓް’ ތަކުގެ ފެންވަރު މައްޗެވެ. ފަސް މީހުންނަށް މެނޭޖް ކުރެވޭނެ ކޮޓަރިތައް މިތަނުގައި އެބަހުއްޓެވެ. އަގުތަކަށް ބަލާއިރު ފާހަގަކުރެވުނީ އެކަށޭނަ އަގުތަކެކެވެ. އަގުތައް ހުރީ 770 ރުފިޔާއިން ފެށިގެން 5150 ރުފިޔާއާ ދެމެދުގައެވެ. ފަސްހާހުގައި އަގުތައް ހުރީ ފެމިލީ ސުއިޓްސް ފުލް ބޯޑްގައެވެ. ހަމައެކަނި ބެޑް އާއި ބެޑް އެންޑް ބްރެކްފާސްޓް އަދި ހާފް ބޯޑާއި ފުލްބޯޑް ޕެކޭޖްތައްވެސް މީގެތެރޭގައި ހިމެނެއެވެ.

އަރާމް ހޮލިޑޭސް އެންޑް ސްޕާ ޚާއްޞަވާ އެހެން ބައެއް ސަބަބުތަކަށް ބަލާއިރު ވަރަށް ކޮލިޓީ ސްޕާއެއް ހުރުމާއި, މޫދު ކުޅިވަރު ކުޅުމުގެ ފުރުޞަތުތައްވެސް ފަހިކޮށްދިނުން ހިމެނެއެވެ. ސްޕާގެ ޚިދުމަތާއި ވޯޓަރ ސްޕޯރޓްސްގެ ޚިދުމަތް ރަށަށްދާ ކޮންމެ މީހަކަށްވެސް މިތަނުން ހޯދުމުގެ ފުރުޞަތު އެބައޮތެވެ. ވޯޓަރ ސްޕޯރޓްސްގެ ތެރޭގައި ހިމެނިގެން ސޭންޑް ބޭންކަށް ދިއުމާއި އެކްސްކާޝަންތައް ހިމެނެއެވެ.

އަހަރެންގެ ދެދުވަހުގެ ތަޖުރިބާއިން ބުނާނަމަ ޗުއްޓީއަކަށް މާލެ ކައިރިން ދިއްފުށްޓަކީ ހަމަ ވަރަށް ބަރާބަރު ރަށެކެވެ. ދިއްފުށްޓަށް ޒިޔާތަޔް ކުރާނަމަ އަރާމް ހޮލިޑޭސް އެންޑް ސްޕާ އަކީ މަޑުކޮށްލަން ހަމަ އެންމެ ރަނގަޅު ތަންކަމުގެ ޔަގީންކަން ދެވިދާނެއެވެ. ޔަގީނުންވެސް މިތަނުގެ ޚިދުމަތާއި, މިމާހައުލާމެދު މާބޮޑަށްވެސް ހިތްހަމަޖެހޭނެކަން އަހަރެން ތަޖުރިބާކޮށްފީމެވެ.