މާލެ ކައިރިން ޒިޔާރަތްކޮށްލަން އެންމެ ފަސޭހަ, އެންމެ ސަޅި އެއް ރަށަކީ ޔަގީނުންވެސް ދިއްފުށްޓެވެ. ކޮމިއުނިޓީ ޓޫރިޒަމްގައި ދިއްފުށްޓަކީވެސް މިހާރު ހަބެކެވެ. ވަރަށް ފަންނުވެރި, ޒަމާނީ ގެސްޓްހައުސްތައް ގިނަ ދިއްފުށްޓަކީ ހަމަޔަގީނުންވެސް އެންމެ މަގްބޫލް އެއް މަންޒިލެވެ.

ދިއްފުށްޓަށް ދާން އޮތް އެންމެ ފަސޭހަ މަގަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ދިއްފުށްޓަށް ކޮންމެ ދުވަހަކު ޝެޑިއުލް ދަތުރު ކުރަމުން ދަނީ ‘އަލްޓެކް ޓުއަރސް’ އިންނެވެ. އެކުންފުނީގެ ސްޕީޑް ލޯންޗް ހަމަ ކޮންމެ ދުވަހަކު ދަތުރު ކުރެއެވެ. މާލެއާ ދިއްފުށްޓާ ދެމެދު ތިން ދަތުރު ކުރެއެވެ. އަލްޓެކް ޓުއަރސްގެ ދަތުރުތައް ކުރަނީ ވައިފައި ލިބޭ އަރާމް ލޯންޗް ތަކުގައެވެ.

މާލެއާ ދިއްފުށްޓާ ދެމެދު ހޭދަވަނީ 40 މިނިޓެވެ. ދިވެހިންނަށް ކޮޅަކަށް 200 ރުފިޔާއެވެ. ދަތުރުތައް ހަމަޖެހިފައިވާ ގޮތުން މާލެއިން މެންދުރުގޮސް ކޮފީއެއް ބޯލައިގެން އިރުއޮއްސޭއިރު އެނބުރި އާދެވޭނެއެވެ. ހިތްގައިމު ކެފޭތައްވެސް ގިނަ ދިއްފުށްޓަކީ ދަތުރުފަތުރަށް ބަލާއިރުވެސް ޒިޔާރަތް ކުރަން އެންމެ އެކަށީގެންވާ އެއް ރަށެވެ.