ޒުވާން ދަނޑުވެރިޔާ!

788

ސުރުޚީ ހިތަށް ގެނައުމާއެކުވެސް ސިފަވެގެންދަނީ ޑްރަގަން ފަރމެވެ. ޒަމާނީ ދަނޑުވެރިކަމެއްގެ ތެރެއިން ނަތީޖާނެރެ ޒުވާން ދަނޑުވެރިޔާ މަޤްބޫލްވީ ހަގީގަގުތައި އޭނާގެ ޑްރަގަން ފާމުންނެވެ. އެއީ ހަމައެކަނި ދަނޑެއްވެސް ނޫނެވެ. މިހާރު އެއީ އެތައްބަޔަކު ޒިޔާރަތްކުރާ ތަނެކެވެ. އައްޑޫ މީދޫއަށް ޒިޔާރަތްކުރާ ހަމަ ކޮންމެ މީހެއްގެ ސަމާލުކަން އެންމެބޮޑަށް ހުއްޓެނީ އެތަނަށް ޒިޔާރަތްކުރުމަށެވެ. އެއީ އެތައް ބަޔަކު ފޮޓޯ ނަގަންވެސް ޒިޔާރަތްކުރާ ތަނެކެވެ. މިއީ ޒުވާން ދަނޑުވެރިޔާ ރަމްޒީގެ ހުވަފެނީ މަސައްކަތެއްގެ ނަތީޖާއެވެ.

މިމަސައްކަތަކީ ކުޑައިރުއްސުރެ ޝައުގުވެރިކަން ހުންނަ ކަމެއް, ދެން މިމަސައްކަތް ފަށަން ބޭނުންވި ހިސާބަކުން ނުއެއް ފެށުނު. ބޭނުންވާ ފަންޑާއި, މިކަމަށް ބޭނުންވާ އިތުރު ތަމްރީނުތައް ލިބިގެން އޭގެފަހުން މިފެށުނީ.

މިހާރު މިއީ ޒަމާނީ ދަނޑުވެރިކަމުގައި ރާއްޖޭގެ އެންމެ ފުރިހަމަ ނަމޫނާއެވެ. މިހާތު އޮތީ އިތުރަށްވެސް ފުޅާކުރުމުގެ ވިސްނުންތަކެވެ. އެމަގަށް ޒުވާން ދަނޑުވެރިޔާ އަދަނީ މަސައްކަތް ކުރަމުންނެވެ. މިއަހަރު ނިމެންވާއިރަށްވެސް އެނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން ޒުވާން ދަނޑުވެރިޔާ ދެއެވެ. އެއީ ޑްރަގަން ފުރުޓްގެ އިތުރުންވެސް ރާއްޖޭގައި ނަހައްދާ އެހެން ބައެއް ބާވަތްތައް އޭނާގެ ދަނޑުގައި ހެއްދުމެވެ. އިތުރު މާކެޓްތައްވެސް ދަނީ ލިބެމުންނެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް

މިވަގުތުވެސް އެދަނޑުގައި އެކި ވެރައިޓީ ތަކުގައި ޑަރަގަން ފުރުޓާއި މޭބިސްކަދުރު އެބަހުއްޓެވެ. އަދި ވަކި ދަނޑެއްގައި ފުޅާދާއިރާއެއްގައި ކިއުކަމްބާވެސް ދަނީ ހައްދަމުންނެވެ. އެކަމަކު އެންމެންގެވެސް ސަމާލުކަން ހުއްޓެނީ ޑްރަގަން ފުރުޓް ދަނޑަށެވެ.

ޑްރަގަން ފުރުޓްވީމަ ހުރިހާ ވިޒިޓަރސްއިންވެސް އެންމެ ވިޒިޓްކުރާތަނަކަށް ވެފައި އޮތީ, ޔުނިކް އެއްޗެއް ރާއްޖޭގައި ހައްދާތީ, ޔުނިކް ދަނޑުވެރިކަމެއް ކުރާތީ މިމަންޒަރު ބަލާލުމަށް. މިތަން ވެގެން ދިޔައީ މުޅިން ތަފާތު ތަނަކަށް, އަޅުގަނޑުވެސް އެކްސްޕެކްޓް ކުރިގޮތެއްވެސް ނޫން މިއީ އެވާ ވިޒިޓަރސް ގިނަތަނަކަށް ވާނެކަމަށް.

މިމަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އައްޑޫ ސިޓީ އޮތް ސަރަހައްދުގެ ގޮންޖެހުމެވެ. އެންމެ ދެކުނުގައި އައްޑޫ ސިޓީ އޮތުމެވެ. ކެޕިޓަލް ސިޓީ ނުވަތަ ސެންޓްރަލް މާކެޓާ ހަމައަށް ދަނޑުވެރިކަމުގެ ބާވަތްތައް އަވަހަށް ފޯރުކޮށްދިނުމަށް އޮތް ގޮންޖެހުމެވެ. ކަނޑުމަގުން ތާޒާކަމާއެކު ނުފޮނުވުމެވެ. ވައިގެމަގުން ފޮނުވާނަމަ އަގު ބޮޑުވުމެވެ.

ޒުވާން ދަނޑުވެރިޔާގެ ދަނޑުގައި ޑްރަގަން ފުރުޓް

އެކަމަކު މިއީ ވަރަށް ސަޅި, ނަފާ ލިބެނިވި ޒުވާނުން ކުރަން ރަނގަޅު މަސައްކަތެކެވެ. އަމިއްލަ ތަޖުރިބާއިން ރަމްޒީ ދޭ ޔަގީންކަމަކީ އެއީއެވެ. އޭނާގެ ބަހުންނަމަ ހިތްވަރުކޮށްފިނަމަ މިއީ ވަރަށް ގިނަ ޒުވާނުންނަށް ކުރެވޭނެ ރަނގަޅު މަސައްކަތެކެވެ. ރާއްޖޭގެ ޒުވާނުންކަކީ ކޮންމެކަމެއްވެސް ކުރެވޭނެ ހުނަރުވެރި ބައެކެވެ. އެކަމަކު ސަރުކާރުތަކުން އެމީހުންނަށް ފުރުޞަތުތައްވެސް ފަހިކޮށްދޭން ޖެހެއެވެ. ޚާއްޞަކޮށް އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ދޭ އެއްބާރުލުން އިތުރުކުރަން ޖެހެއެވެ.

ޑްރަގަން ފުރުޓްގެ ރަހަ މާބޮޑަށްވެސް މީރު

ޒުވާން ދަނޑުވެރިޔާގެ މަސައްކަތަށް އެދެނީ އިތުރު ކުރިއެރުމެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.