ގުޅިފައިވާ އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށް, އެކި ރަށްރަށް ތަޖުރިބާ ކުރުމަށެވެ. ފެރީގެ ނިޒާމުން ކުރު ދަތުރެއްކޮށް ސިޓީގެ ވަކިން އޮތް ރަށްވެސް ބަލާލާ, އެރަށުގެ ޚާއްޞަ ކަންކަން ފާހަގަކުރުމަށެވެ. އެއް ދަތުރަކުން ގިނަ ތަޖުރިބާތަކެއް ކުރުމަށެވެ. މިއީ ކުރިއަށް އޮތް ބޮޑު އީދު އައްޑޫ ސިޓިއަށް ޚާއްޞަކުރާ ބައެއް ސަބަބުތަކެވެ.

ބޮޑު އީދަށް އައްޑޫ ސިޓީ ވަރަށް ބޮޑަށް ތައްޔާރެވެ. ސިޓީ ކައުންސިލާއި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ސިޓީއަށް ނިސްބަތްވާ ހަމަ ކޮންމެ ރަށެއްގައި ޢީދުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ތައްޔާރުވެފައެވެ. އެހެންވީމާ ބޮޑު ޢީދަށް އައްޑޫ ސިޓީއަށް ކުރާ ދަތުރު ވާނީ އީދުގެ އުފަލާއި, ތަޖުރިބާގެ އިތުރުން ކުރިން ފާހަގަކުރި އެއް ދަތުރުން އެއް ރަށަށްވުރެ ގިނަ ރަށްރަށް ތަޖުރިބާ ކޮށްލަން ލިބޭ ފުރުޞަތަކަށެވެ.
އައްޑޫ ސިޓީގައި ގުދުރަތީ ރީތިކަމާއި, ހިތްހަމަ ޖެހުން އެބައޮތެވެ. މުއްސަނދި ތާރީޚެއް އެބައޮތެވެ. ރަހަތައް ތަފާތެވެ. އެކި ރަށުން އެކި މާހައުލު ތަޖުރިބާ ކުރެވެއެވެ. އެހެންވީމާ އީދަކަށް އައްޑޫ ސިޓީއަށް ނުދާންވީ ސަބަބެއް އެބައޮތްތޯއެވެ. ވަކީން ޚާއްޞަކޮށް ބޮޑުކޮށް ބޮޑު އީދު ފާހަގަކުރާއިރު އައްޑޫ ސިޓީ މާރަނގަޅެވެ.
ބޮޑު ޢީދުގައި އައްޑޫ ސިޓީގައި ރާވާފައިވާ ބައެއް ހަރަކާތްތަކަށް ބަލާއިރު ‘އީދި ގަލާ ޓްރެޝަރ ހަންޓް’ އަކީ ނަމުންވެސް ތަފާތު ހަރަކާތެކެވެ. ހުޅުދޫ އަވަށުގެ ‘ތޮށަލިގަނޑު ކޮބާ! ގެނަމުގައި ބާއްވާ ހަރަކާތާއި, ‘ޕެޕް ރެލީ’ އާއި ‘ބީޗް ފަން’ ހަރަކާތްތަކާއި ‘މާލި ޕެރޭޑް’ އަކީ ވެސް ޝައުގުވެރި ހަރަކާތަކަށް ވާނެއެވެ. މިއީ އައްޑޫ ސިޓީގެ އީދުގެ ހަރަކާތްތަކަށް ޚާއްޞަ “އައްޑޫ ޢީދި ސަމާ’ ފޭސްބުކް ޕޭޖުން ފެންނަން ހުރި ބައެއް ހަރަކާތްތަކެވެ. ބައެއް ހަރަކާތްތައް ހުރީ މުބާރާތެއްތަކެއް ގޮތުގައި ކުރިއަށް ގެންދިއުމަށް ދުރާލާ ހުޅުވާލާފައެވެ. މީގެއިތުރުން ޒަމާނީ ބައެއް ހަރަކާތްތައްވެސް އައްޑޫ ޢީދި ސަމާގެ ތާވަލުގައި ހިމަނާފައި ވެއެވެ. ޢީދަށް ގެތައް ދިއްލާ ޒީނަތްތެރިކުރުންވެސް އޮތީ މުބާރާތެއްގެ ގޮތުގައި ހުޅުވާލާފައެވެ.

ވަރަށްގިނަ ސަބަބުތަކަށްޓަކައި ކުރިއަށް އޮތް ބޮޑު ޢީދު “ހަފްސީ.ކޮމް” ދަތުރުކުރާނީ އައްޑޫ ސިޓީއަށެވެ. އެސިޓީގެ ޢީދުގެ ހަރަކާތްތައް ހިއްސާކުރާނަމެވެ. އައްޑޫ ސިޓީގެ ޢީދާއި އެހެން ސަރަހައްދުތަކުގެ ތަފާތު ވަޒަންކޮށް ތަޖުރިބާ އިރާދަކުރެއްވިއްޔާ ހިއްސާކުރާނަމެވެ. އައްޑޫ ސިޓީ އޮތީ ހަމަ ކޮންމެ މީހަކަށްމެ މަރުހަބާ ކިޔަން ތައްޔާރަށެވެ. މިފަހަރު “އައްޑޫ ޢީދި ސަމާ” އެވެ.
