ހިނގާ ކޮފީއަކަށް, ގެމަނަފުށިން ކަނޑުހުޅުދޫ އަށް!

368
0

ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަކީ ހަގީގަތުގައިވެސް އެންމެ ބޮޑު ލުޔެއް ލިއްބައިދޭ ޚިދުމަތެވެ. އެއީ އޭގެ ސަބަބުން ގުޅިފައިވާ އެތައްކަމެއްގެ ޚަރަދު ކުޑަކޮށްދޭ އަވަށްޓެރިންނާއެކު ގުޅުންތައް ބަދަހިކޮށްދޭ ވަސީލަތެކެވެ. ތަފާތު މާހައުލުތައް ތަޖުރިބާ ކުރުމުގެ ފުރުޞަތު ޖީބަށް ލުއިކޮށް ލިއްބައިދިން ޚިދުމަތެވެ.

ގއ.ގެމަނަފުށްޓަށް ކުރި ދަތުރުގެ ތެރެއިން މިއަދު މިދަތުރުކުރަނީ ކައިރީގައި އޮތް ކަނޑުހުޅުދޫ އަށެވެ. އެރަށަށް ދިއުމަށް ފަސޭހަ ދެ މަގެއް އެބައޮތެވެ. އެއީ ޑިންގީއެއް ކުއްޔަށް ނަގައިގެން ދިއުމާއި އާރުޓީއެލް ނިޒާމުން ދަތުރުކުރުމެވެ.

ގއ.ކަނޑުހުޅުދޫ: ފޮޓޯ-ޙަފްޞީ

އާރުޓީއެލްގައި ދަތުރުކުރާނަމަ ފަތިހު ދަތުރަށް ތައްޔާރުވެ ފުރަން ޖެހޭނެއެވެ. ދެ ފެރީއެއް އެބައޮތެވެ. އެއް ފެރީ ގެމަނަފުށިން ދަތުރަށް ފުރަނީ ފަތިހު 5:45 ގައެވެ. 6:05 އަށް ކަނޑު ހުޅުދޫއަށް ދެވޭނެއެވެ. ދެވަނަ ފެރީ ފުރާނީ 6:20 ގައެވެ. 6:40 އަށް ދެވޭނެއެވެ. 20 މިނިޓްގެ ދަތުރެކެވެ. ގެމަނަފުށިން ފުރައިގެން ފުރަތަމަ ޖައްސާ މަންޒިލަކީ ކަނޑުހުޅުދޫއެވެ. އެދެފެރީއަކީ ދެބިތަށް ދަތުރުކުރާ ދެފެރީއެވެ. އާރުޓީއެލްގައި ކޮޅަކަށް 50 ރުފިޔާއެވެ. އެކަމަކު އާރުޓީއެލްގައި ދަތުރުކުރާނަމަ އަމިއްލަ އިހުތިޔާރެއް ނޯންނާނެއެވެ. އެނބުރި ގެމަނަފުށްޓަށް އާދެވޭނީ ހަވީރު 5:35 ގައެވެ.

ދެން އޮތީ ޑިންގީއެއް ކުއްޔަށް ނަގައިގެން ދަތުރުކުރުމެވެ. އޭރުން އެއީ 500 ރުފިޔާގެ ދަތުރެކެވެ. ދެގަޑިއެއްހާއިރު ކަނޑުހުޅުދޫގައި މަޑުކޮށްލާފައި އެނބުރި ގެމަނަފުށްޓަށް އަންނަންވީއެވެ. އޭރުން ދަތުރުވެސް ކޮޅަކަށް 12 ވަރަކަށް މިނިޓަށް ކުރުވެއެވެ. ކޮފީއަކަށް އެވަރު އޯކޭ ނޫންހެއްޔެވެ. އަހަރެން ޑިންގީއެއްގައި ދަތުރުކޮށް ހޭދަކުރީ ދެގަޑިއެއްހާއިރެވެ. ކޮފީއެއް ބޯލައިގެން ކުޑަކޮށް ރަށުތެރެ ބަލާލެވުނެވެ.

އިހުތިޔާރު އޮތީ ދަތުރު ކުރާ ފަރާތްތަކަށެވެ. މިއީ އެހީއެކެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ