ބިލެތްފައްސަށް ދަތުރު ކުރެވޭ ‘ރޫޓް’ ތައް ގިނަ!

728
0

ވައިގެ މަގުން ދަތުރުކުރަން ބަލާއިރު ތިން އެއަޕޯޓަކުން ދަތުރުކޮށް, އާރިޓީއެލް ފެރީގެގައި މިރަށާ ހަމައަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. އެއީ ށ.ފުނަދޫ އެއަޕޯޓާއި, ހދ.ކުޅުދުއްފުށި އެއަޕޯޓާއި, ހދ.ހަނިމާދޫ އެއަޕޯޓުންނެވެ.

ތިން އެއަޕޯޓަކަށް ދަތުރުކޮށް އާރުޓީއެލްގައި ބިލެތްފައްސަށް ދެވޭނެ: ފޮޓޯ-ޙަފްޞީ

އަހަރެން ދަތުރު މިކުރީ ކުޅުދުއްފުށި މަގުންނެވެ. އެއީ މޯލްޑިވިއަންގައި ކޮޅަކަށް 1464 ރުފިޔާގެ ޓިކެޓެކެވެ. ހެނދުނު ކުޅުދުއްފުށްޓަށް ގޮސް އެރަށުގައި މެންދުރު ފަހު 3:45 އާ ހަމައަށް މަޑުކުރަން ޖެހޭނެއެވެ. ކުޅުދުއްފުށި ބަލާލަން އެކަށީގެންވާ ވަގުތު ލިބެއެވެ. ބިލެއްފައްސަށް ދެވޭނީ 5:05 އަށެވެ. ކުޅުދުއްފުށިން ބިލއްފައްސަށް އާރުޓީއެލް ފެރީގައި އަގަކީ 140 ރުފިޔާ އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް

މާލެއިން ހަނިމާދޫއަށްވެސް މޯލްޑިވިއަންގެ ޓިކެޓްގެ އަގު އެއްވަރެވެ. އެކަމަކު އެރޫޓުން ދަތުރުކުރާނަމަ ހަނިމާދޫން ކުޅުދުއްފުށްޓަށް ދިއުމަށް އާރުޓީއެލްގައި 70 ރުފިޔާގެ ޓިކެޓެއް ނަގަން ޖެހޭނެއެވެ. ބިލެތްފައްސަށް ދެވޭނީ ކުޅުދުއްފުށި މަގުންނެވެ.

މާލެއިން ފުރައިގެން ސްޕީޑް ލޯންޗްގައި 1000 ރުފިޔާއަށް ދަތުރު ކުރެވެއެވެ. އެކަމަކު އެދަތުރުގައި އަތޮޅުގެ އެހެން ބައެއް ރަށްތަކަށް ލޯންޗް ޖައްސާނެއެވެ.

ބިލެއްފައްސަކީ ބޮޑު ރަށެކެވެ. އާބާދީ މަދެވެ. ރަށް ހިތްގައިމެވެ. ގުދުރަތީ ރީތިކަން ބޮޑެވެ.  

ބިލެތްފައްސާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ