މިއީ ވަރަށްގިނަ މީހުން މިހާރުވެސް ކުރާ ސުވާލެކެވެ. ޝެއިޚުން ދޭތެރެއަކުން ޖަވާބުދެއްވާ ސުވާލެއް ނަމަވެސް ތަކުރާރު ކޮށްލީއެވެ. ޚާއްޞަކޮށް މައްކާގެ މާތް ބިމުގައި ޢުމްރާ ނުވަތަ ޙައްޖުގެ އަޅުކަމަށް އައިސް ހޭދަވާ މުއްދަތުގައި އަންހެނުން ނަމާދުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ގޭގައި ކުރުންތޯއެވެ! ޚާއްޞަކޮށް ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި މިސުވާލު ކުރެވޭ މިންވަރު ގިނަކަން ފާހަގަކުރެވެއެވެ.
މިސުވާލުގެ ޖަވާބު ޑރ.އިލްޔާސް ޙުސައިން ދެއްވީ ޢަރަފާތު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޢުމްރާވެރީންނަށް މައްކާގައި ދެއްވި ދަރުސްގައެވެ. ތިރީގައިވަނީ އެދަރުސްގެ ތެރެއިން ޑރ.އިލްޔާސް ހުސައިން އެކަމާ ގުޅިގެން ދެއްކެވި ވާހަކައިގެ ވީޑިއޯއެވެ.
