ރޯދަ މަހަކީ ތޮއްޑޫގެ ނަން ވަރަށް ބޮޑަށް މަޝްހޫރު މަހެކެވެ. ތޮއްޑޫ ކަރައަކީ ރޯދަމަހުގެ ރޯދަވީއްލާ ވަގުތާއި, ތަރާވީހުގެ ސުފުރާ މައްޗަށްވެސް ކޮންމެހެން މުހިއްމު ބާވަތެކެވެ. ރޯދަމަސް ފެށުމުގެ ތިން މަހެއްހާ ދުވަސް ކުރިން ތޮއްޑޫ ދަނޑުވެރިން ‘ބިޒީ’ ވަނީ ކަރާ ހެއްދުމަށެވެ. މިހާރު ތޮއްޑޫގެ ބިންތަކުގައި ކަރާ ހައްދާ ބަނގްލަދޭޝް މީހުންވެސް މަދެއް ނޫނެވެ.
ރޯދަމެއްހެއްގެ ދުވަހެއްގައި ތޮއްޑޫއަށް އާދެވުމުން އެންމެ ދާހިތްވި އެއްތަނަކީވެސް ތޮއްޑޫ ކަރާ ދަނޑެވެ. ހަވީރުގެ ވަގުތު އެސަރަހައްދަށް ދިޔައިރު ކަރާ ކެނޑުމުގައި އެތައް ބިދޭސީންނެކެވެ. ބައެއް މަދު އާއިލާތައްވެސް ދުށީމެވެ. ބަސްތާތަކަށް ކަރާ އަޅާ ތުން އައްސާފައި ބައިވަރެވެ. ގާޑިޔަލަށް އަޅާ ބަރުކޮށްގެން ގެންދާ މަންޒަރުވެސް ދުށީމެވެ. މިހިއްސާކޮށްލަނީ ތޮއްޑޫ ކަރާ ދަނޑުން ނެގުނު ފޮޓޯގަނޑެކެވެ.








:









