ނ.އަތޮޅުގެ އާބާދީ ކުޑަ ރަށް ފޮއްދޫ ކައުންސިލް ކަޕް މުޅި ނޫނަށް ހުޅުވާލައިފިއެވެ. މުބާރާތް މުޅި އަތޮޅަށް ހުޅުވާލީ މުބާރާތުގެ އަގުވެސް ބޮޑުކުރުމާ އެކުއެވެ.
މުބާރާތް ހުޅުވާލީ ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ރިސޯރޓްތައްވެސް ހިމެނޭ ގޮތަށެވެ. ކޮންމެ ރަށަކުންވެސް ރަށު ޓީމަށް ބައިވެރިވެވޭ ގޮތަށް މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖޫން މަހުގެ ފުރަތަމަ ދުވަހެވެ. މީގެއިތުރުން ފޮއްދޫގެ ކްލަބް, ޖަމްއިއްޔާތަކާއި, ކުންފުނިތަކަށްވެސް ވަނީ ފުރުޞަތު ބައިވެރިވުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް އެފުރުޞަތު އަތޮޅުގެ އެހެން ރަށްތަކަކަށް ނެތެވެ. ކުރިން މުބާރާތް ބާއްވަމުން އައީ ފޮއްދޫގެ ޖަމްއިއްޔާ ތަކާއި, މުއައްސަސާތަކުގެ މެދުގައެވެ. އަދި އަވަށްޓެރި ބައެއް ރަށްތަކަށް ދައުވަތު ދީގެންނެވެ. މިއީ މުޅި ނޫނަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
މުބާރާގެ ޗެމްޕިއަން ޓީމަށް މިފަހަރު ކަނޑައަޅާފައިވަނީ 30,000 ރުފިޔާ އެވެ. ރަނަރަނަޕް ޓީމަށް 15,000 ރުފިޔާ އަދި ފެއަރޕްލޭ ޓީމަށް 10,000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މުބާރާތް ފަށަން ކަނޑައަޅާފައި ވަނީ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުއެވެ.
