މ.ދިއްގަރަކީ ރިހާކުރު އައިލެންޑެވެ. އެކަމަކު އެވަރުން ހަގީގަތުގައި ފުއްދާލެވޭ ވަރެއް ނޫނެވެ. އެއީ ހަގީގަތުގައިވެސް ވަރަށް ‘ހެޕަނިންގ’ ރަށެކެވެ. ރޯދަމަހު ހަވީރުގެ ވަގުތު އެއީ ވަރަށް އުފާވެރި މާހައުލެކެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ދިރުމެވެ. ވަކިއުމުރެއް, ވަކި ޖިންސެއް ނެތެވެ. ރަށުގެ އެކި ހިސާބުގައި އެކި އުމުރުގެ މީހުން ތާސްބައި ކުޅެން ގެއްލިފައި ތިބޭ މަންޒަރުން އެކަނިވެސް އިހުސާސްކޮށްދެނީ މާހައުލުގެ އުފާވެރިކަމެވެ.
އަންހެނުންނާއި, އުމުރުން ދުވަސްވީ މީހުންވެސް ތާސްބައިގެ ގަނޑުތަކަށް ގެއްލިފައެވެ. ކުޑަކުދިންގެ ޝައުގުވެރިކަން ވަކިން ބޮޑޭވެސް ހީވެއެވެ. ގޭގޭގެ ދޮރުމައްޗާއި, ފިނި މައިދާންތަކުގައެވެ. ހަތަރު އަނގޮޅި ކަންމަތީގައި ޖޯލިފަތިތައް ބަހައްޓައިގެންވެސް ތާސްބައިގެ ގަނޑުތަކުުން ޑިގު ހެދޭނެ ވިސްނުމެއްގައެވެ.
ކެމެރާ ދިއްކޮށްލައިގެން ޝަކުވާއެއް ކޮށްލި ހަމައެކަނި ދިމާނުވެއެވެ. އެއިން ކޮންމެ މީހަކުވެސް ބަލާލީ ހިނިތުންވުމާއެކު އެވެ. ހަމަ ވަރަށް ޝައުގުވެރިއެވެ. އުފާވެރިއެވެ. ތާސްބައިން ޑިގު މުބާރާތެއްވެސް އިންތިޒާމް ކުރަން ވެއްޖެއެވެ. ދިއްގަރު އެކުވެރި ގުޅުމާއި, ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއިންވެސް މިކަމާ ވިސްނަންވެއްޖެއެވެ.















