ތަރާވީސް ނަމާދު ކުރުކޮށް ކުރުމާއި ދިގުކޮށް ކުރުން

482

ރަމަޟާންމަހުގެ ތަރާވީސް ނަމާދުގެ ޖަމާއަތުގެ ސަފްތަކުންވެސް ފެންނަނީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ. އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ތަރާވީސް ނަމާދުގެ ސުންނަތް އަދާކުރަމުންދާ އުފާވެރި މަންޒަރެވެ. އެކި މިސްތަކުގައި ތަރާވީސް ނަމާދު އެކި ދިގުމިނަކަށް ކުރާއިރު, ސުވާލަކީ ކޮންމެހެން ދިގުކޮށް ކުރާ މިސްކިތްތަކަށް ދާން ޖެހޭތޯއެވެ. ދިގުކޮށް ކުރާ މިސްކިތްތަކަށް ދާން ބޭނުންވާ މީހާވެސް, ކުޑަކުއްޖަކު ގޮވައިގެން ދިއުމަށް ކުރުކޮށް ކުރާ މިސްކިތަކަށް ދިއުން ކިހިނެއްވާނެތޯ އެވެ. މޮޅު އިތުރު ގޮތަކީ ކޮބައިތޯއެވެ. މިސުވާލުތަކަށް ޖަވާބުދެއްވީ ޢައްޝައިޚު ނިމާލް މުޙައްމަދެވެ. ތިރީގައި އެވަނީ ޝައިޚު ދެއްވި ޖަވާބުގެ ވީޑިއޯއެވެ.

@happehafsy

ތާކީދު: ތަރާވީސް ނަމާދު ދިގުކޮށް ކުރުމާއި, ކުރުކޮށް ކުރުން. ކުޑަކުދިން ގޮވައިގެން ދިއުން އެންމެ ރަނގަޅީ ކުރުކޮށް ކުރާ މިސްކިތަކަށްތަ! މައުލޫމާތުދެއްވީ: އައްޝައިޚު ނިމާލު މުޙައްމަދު ޓެލެގްރާމް ޗެނަލް: https://t.me/HafseeAbdulla #thaakeedh #ramazan #hafseeabdulla #Hafsee

♬ original sound – Hafsee.com – Hafsee.com
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.