ޢުމްރާގެ މާތް އަޅުކަމަކީ ވަރަށްބޮޑު ނިޢުމަތެކެވެ. ޢުމުރާވުމުގެ މާނައަކީ ޒިޔާރަތް ކުރުމެވެ. އެއީ ކައުބަތުالله ގެފުޅަށް ޒިޔާރަތްކުރުމެވެ. ޢުމުރާ ވުމުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މައިގަނޑު 4 ކަމެކެވެ. އެއީ އިހުރާމް ބަނުމާއި, ޠަވާފް ކުރުމާއި, ސައުޔު ކުރުން އަދި ބޯބޭލުން ނުވަތަ ކުރުކޮށް ކޮށުމެވެ.
އުމްރާވުމޭ ކިޔަނީ މިހަތަރު ރުކުން ފުރިހަމަކުރުމަށެވެ. އުމްރާވުމުން الله ސުބުހާނަހޫ ވަތަޢާލާ ދެއްވާ ދެއްވުމަކީ އެމީހެއްގެ ހަޔާތުން އޭނާއަށް އެހާތަނަށް ކުރެވިފައިވާ ހުރިހާ ފާފަތައް ފުއްސަވައިދެއްވުމެވެ. އެއީ ވަރަށްބޮޑު ނިޢުމަތެކެވެ.
އުމްރާވުމޭ ކިޔަނީ ކައުބަތުالله ގެފުޅަށް ޒިޔާރަތްކޮށް ކުރާ ހަރަކާތްތަކާއި, ކުރާ ދުއާތަކަށެވެ.
އުމްރާވުމަށް އިހުރާމް ބަނުމުގެ މާނައަކީ މީޤާތާއި ހަމަވީމަ ނިޔަތްގަތުމެވެ. ފޮށާލުމަކީ އިހުރާމް ބަނުމެއް ނޫނެވެ. ދެފޮށާ އަނުމަކީ އިހުރާމް ބަނުމުގެ ރަމްޒީގޮތެއްގައި ކުރާ ކަމެކެވެ. އުމްރާވުމާއި, އުމްރާވުމަށް ތައްޔާރުވުމާ ގުޅޭ މައުލޫމާތު ހޯދުމަށް ތިރީގައިވާ ލިންކަށް ކްލިކްކޮށް ވީޑިއޯ ބައްލަވާލެއްވުން އެދެމެވެ. މައުލޫމާތު ދެއްވީ ޑރ.އިލްޔާސް ހުސައިންއެވެ.
