މިލްކްޝޭކަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ މަޤްބޫލް ބުއިމެކެވެ. ކުޑަކުދިންގެ ފެވަރިޓެކެވެ. އެކަމަކު ޢާއްމުކޮށް ޗޮކްލެޓާއި, ވެނީލާއެވެ. މެންގޯއާއި, ބަނާނާއެވެ. ޢާއްމުކޮށް ހަމަ ކޮންމެ ކެފޭ ރެސްޓޯރަންޓަކަށްވެސް ލިބެއެވެ.
އެކަމަކު އަހަރެމެންގެ ގައުމީ ގަހަކީ ދިވެހި ރުށްކަމަށް ގަބޫލުކޮށްގެން ތިބި ނަމަވެސް ‘ކޮކޮނަޓް މިލްކްޝޭކް’ އަކީ އަހަރެމެންގެ ތެރޭގައި ޢާއްމު ބުއިމެއް ނޫނެވެ. ގިނަ ކެފޭ ރެސްޓޯރަންޓް ތަކުން ނުލިބެއެވެ. ޚާއްޞަކޮށް ‘ކޮލިޓީ’ ކޮށް ‘މީރު’ ކޮށް ނުލިބެއެވެ. ބަލާލަން ހިތްގައިމުކޮށް ‘ދަހި’ ކޮށް ކޮކޮނަޓް މިލްކްޝޭކެއް އަމުދުން ނުލިބެއެވެ. އެކަމަކު އއ.އުކުޅަހުން މިރަހަ ލިބިއްޖެއެވެ. ދަހިކޮށްލައިފި އެވެ.