މާލެއިން އދ.އަތޮޅުގެ ދިއްދޫއަށް ދިއުމަށް ހޭދަވަނީ 2 ގަޑިއިރެވެ. އެކަމަކު ހަގީގަތުގައި އެދެވުނީ އިތުރު 3 ރަށަކަށެވެ. އަވަށްޓެރި ތިން ރަށް ކައިރީގައި އޮތުމުން އެއް ދަތުރަކުން 4 ރަށަށް ‘ފަސޭހައިން’ ޖައްސާލުމުގެ ފުރުޞަތު ލިބެއެވެ.
ދިއްދޫން އދ.ދިގުރަށަށް އަތޮޅު ފެރީގައި ހެނދުނު 7:30 ގައި ދަތުރަށް ފަށައިގެން 8:05 ގައި ދިގުރަށު ފަޅަށް ވަދެވުނެވެ. އެއީ ކޮޅަކަށް 24 ރުފިޔާގެ ދަތުރެކެވެ. ހަވީރު ވަންދެން ދިގުރަް ތަޖުރިބާކޮށް, އަތޮޅު ފެރީގައި އެނބުރި ދިއްދޫއަށް ދިއުމަށް ކުރަން ޖެހޭ ހޭދަ ކުޑަވެފައި, ދަތުރުވެސް ކުރެވެ. އެދަތުރު ކުރުކޮށްލަން ބޭނުންނަމަ ދިއްދޫން ނުވަތަ ދިގުރަށުން ޑިންގީއެއއްގައި ކުރާ ދަތުރަކުން ދަތުރު ކުރުކޮށްލެވޭނެއެވެ. ދިއްދޫން ދިގު ރަށު ތުނޑިއަށް ޑިންގީއެއްގައި ނަމަ 5 މިނިޓުން ދެވޭނެއެވެ.
ދިއްދޫ އާއި އެންމެ ކައިރިން އޮތް މީހުން ދިރިއުޅޭ ރަށަކީ މާމިގިއްޔެވެ. އެއަޕޯރޓް އޮންނަ ރަށް މާމިގިއްޔަށް އަތޮޅު ފެރިގައި އެންމެ 15 މިނިޓުން ދެވޭނެއެވެ. އެކަމަކު އެދަތުރު ކުރަން ޖެހޭނީ ހަވީރުއެވެ. މާމިގިލިން ދިއްދޫއަށް ދަތުރުކުރާނަމަ ހަމަ އެދުވަހު އަތޮޅު ފެރީގައި އެނބުރި ދިއުމުގެ ފުރުޞަތު ލިބޭނެއެވެ. އެދެމެދުގައި ޑިންގީއެއްގައި ކޮޅަކަށް ފަސް މިނިޓުން ދަތުރުކޮށްލެވޭނެއެވެ.
ދިއްދޫން ފެންފުށްޓަށް އަތޮޅު ފެރީގައި ދަތުރުކުރުމަށް ހޭދަވާނީ 45 ވަރަކަށް މިނިޓެވެ. 3:50 ގައި ދިއްދޫން ފުރައިގެން މާމިގިއްޔަށް ޖެއްސުމަށްފަހު, 4:38 ގައި ފެންފުށްޓަށް އަތޮޅު ފެރީ ބަނދަރު ކުރެއެވެ. އަހަރެންގެ ދަތުރުގައި އެނބުރި ދިއްދޫ އަށް ނުގޮސް މާލެ އައީ ފެންފުށިން ފުރައިގެންނެވެ. މިއީ އެއް ރަށަށް ކުރި ދަތުރަކުން ތިން ރަށަށް ޒިޔާރަތްކުރި ދަތުރު ތަޖުރިބާއެވެ. މާމިގިލި ކައިރީގައި އޮތް ނަމަވެސް އެރަށަށް މިދަތުރުގައި ނުފައިބަމެވެ.
މިސަރަހައްދަށް ދަތުރުކުރާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އެހީއަކަށް ވާނެ ކަމަށް ހިއްސާކޮށްލީއެވެ.