‘ގަދަހަމާންތި’ ފެތުމުގެ ހަރަކާތަކީ ބ.ކެންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ތިންވަނަ ފެތުމުގެ ހަރަކާތް ނުވަތަ މުބާރާތެވެ. ތިންވަނަ މުބާރާތް ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.

މިމުބާރާތުގެ އެންމެ ޚާއްޞަކަމަކީ އެރަށުގެ އިހުތިސާސްގެ ތެރޭގައި އޮންނަ ފަޅު ރަށެއް ކަމަށްވަ ގެމެންދޫން ކެންދޫ އަށް ފަތާ މުބާރާތަކަށް ވުމެވެ. އެއީ 670 މީޓަރެވެ. އެރާސްތާ ކަޑައްތުކުރަން މިއަހަރު 23 މީހުން ވާދަކުރިއެވެ. އޭގެ ތެރޭގައި ގައުމީ ފެތުންތެރިންނާއި. އަތޮޅުގެ ބައެއް ރަށްރަށުގެ ފެތުންތެރިން ހިމެނެއެވެ. އަދި އަންހެނުންވެސް ހިމެނެއެވެ.

މުބާރާތުގެ އެއްވަނަ ހޯދީ މުޙައްމަދު ރިހާން ޝިހާމް އެވެ. އޭނާ ގެމެންދޫން ކެންދޫއަށް ދިއުމަސް ހޭދަވީ 8 މިނިޓް 33 ސިކުންތެވެ. ދެވަނަ ހޯދީ އައިމިނަތު ޝިއުމް ޝިހާމެވެ. އޭނާ ރޭސް ނިންމީ 12 މިނިޓުންނެވެ. ތިންވަނަ ހޯދީ ބ.ކިހާދޫ އިބްރާހީމް ނަދީމެވެ. ރޭސް ނިންމުމަށްފަހު އެއްވަނަ ހޯދީ ރިހާން އާއި ޝިއުމްވެސް ބުނީ މިއީ ވަރަށް ސަޅި ތަޖުރިބާއެއް ކަމަށާއި, އެރާސްތާގައި ފަތަން އުނދަގޫވެސް ނޫން ކަމަށެވެ.
މިމުބާރާތުގައި ފަތާލަން ލިބުނީތީ ވަރަށް ތެކްނިޔޫ ބުނެލަން. ހަމަ ރަނގަޅު އެކްސްޕީރިއަންސަކަށް ވާނީ ހަމަ, އެއް ރަށުން އަނެއް ރަށަށް ފަތާލަން.
މިފަދަ މުބާރާތެއް އިންތިޒާމް ކުރުމުގެ ބޭނުމެއްކަމަށް ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަބްދުއްރަހުމާނު ވިދާޅުވީ ރާއްޖޭގެ %99 ކަނޑުގެ ސަރަހައްދަށް ވުމުން ދުރަށް ފެތުމުގެ ޝައުގު އުފައްދާ އެކަމުގެ މުހިއްމުކަން ވިސްނައި ދިނުން ކަމަށެވެ. މިފަދަ މުބާރާތްތައް ބޭއްވޭ ނިސްބަތް މަދުވުމުން އެންމެ އެދެވޭ ތަރުހީބު ނުލިބުނަސް, ލިބުނު ތަރުހީބު ގޯސް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު މިއަހަރަށްވުރެ ބޮޑުކޮށް މުބާރާތް ބާއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ރާއްޖޭގެ ނިސްބަތުން މިކަހަލަ މުބާރާތްތައް ހިނގާލެއް މަދުވީމަ އެހާ ބޮޑު ތަރުހީބެއް ނުލިބުނަސް, މިއަހަރު ހަމަ އެކަށީގެންވާ ތަރުހީބެއް ލިބުނު. ކުރިއަށް އޮތްތާނގައި މިއަށްވުރެ މާފޯރި ގަދަކޮށް މިހަރަކާތް ކުރިއަށް ގެންދާނަން.

މިމުބާރާތުގެ ތެރޭގައި ހިމަނައިގެން ސްކޫލް ދަރިވަރުންނަށްވެސް ވަނީ އިވެންޓްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 50 މީޓަރާއި 100 މީޓަރުގައި ފެތުމުގެ ހަރަކާތެއް އަންހެން އަދި ފިރިހެން ދަރިވަރުންނަށް ކުރިއަށް ގެންދިޔައެވެ.
