ބ.އަތޮޅު ފުޓްސަލް: ގޮއިދޫ ސެމީއަށް

307
ގޮއިދޫ ޓީމަށް ލަނޑު ޖަހައިދިން ދެ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ކްލިކް ގްރަފީ

ބ.އަތޮޅު ފުޓްސަލް މުބާރާތް ‘ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024″ ގެ އަންހެން ޑިވިޝަންގެ ސެމީފައިނަލުން ގޮއިދޫ ޖާގަ ޔަގީންކޮށްފިއެވެ. ގްރޫޕް ބީން ގޮއިދޫ ސެމީގެ ޖާގަ ޔަގީން ކުރީ މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކުއެވެ.

ގޮއިދޫގެ ދެވަނަ މެޗު ކާމިޔާބުކުރީ އޭދަފުށްޓާ ވާދަކޮށް 6-0 ނެވެ. މެޗުގައި ފިރުޝާނާ ނަސީރު 4 ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ގޮއިދޫގެ އަނެއް ދެ ލަނޑު ޖެހީ މައީޝާ އަބްދުލްހަންނާން އެވެ.

ލަނޑު ޖެހުމަށްފަހު ދަރަވަންދޫ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ކްލިކް ލައިވް

މިގްރޫޕްގައި ދަރަވަންދޫ ވަނީ ދެވަނަ މެޗުގައި ކަމަދޫގެ މައްޗަށް ހަތް ލަނޑުގެ މޮޅެއް ހޯދާފައެވެ. މެޗު ދަރަވަންދޫން ކާމިޔާބުކުރީ 7-0 ނެވެ. މެޗުގައި ފާތިމަތު މާޒިނާ ތިން ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާ އެވެ. އަދި ސަރާ ނަސީމްވެސް ވަނި ތިން ލަނޑު ޖަހާ ހެޓްރިކެއް ހަދާފައެވެ. އަނެއް ލަނޑު ޖެހީ އައިމިނަތު މައިހާ އެވެ.

އޭދަފުށި މެޗުގެ މޮޅު ކުޅުންތެރިޔާ ސައްޓު ލަނޑު ޖެހުަމަށްފަހު: ފޮޓޯ-ކްލިކް ގްރަފީ

ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގައި އޭދަފުށި ވަނީ ދެވަނަ މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެއީ ކަމަދޫއާއި ވާދަކޮށް 4-1 ނެވެ. މެޗުގައި އިޝާން އިބްރާހީމް (ސައްޓު) ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާ އެވެ. އަނެއް ދެ ލަނޑު ޖެހީ ޝާހީ މޫސާއާއި މުޙައްމަދު ފާސިރު (ފާއްޓެ) އެވެ. ކަމަދޫގެ ހަމައެކަނި ލަނޑު ޖެހީ އަލީ ހަމްދާން އެވެ.

ފެހެންދޫ މޮޅުކޮށްދިން ލަނޑު ޖެހުމަށްފަހު އާދަމް ނަސީމް: ފޮޓޯ-ކްލިކް ގްރަފީ

ގްރޫޕް ބީގައި ފެހެންދޫ ވަނީ ދެވަނަ މެޗުން ހަނި މޮޅެއް ހޯދާފައެވެ. އެއީ މާޅޮހާ ވާދަކޮށް 1-0 ން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ އާދަމް ނަސީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ފެހެންދޫ ފުރަތަމަ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ނޯޓް: ރިޕޯރޓްގެ ވީޑިއޯ ކްލިކް ލައިވް

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.