ބ.އޭދަފުށި: ހަވީރު ފިންޏަށް ނިކުންނަ ‘ހެޕަނިންގ’ ރަށެއް

1565

ބ.އަތޮޅުގެ ވެރިކަން ކުރާ ރަށް އޭދަފުށީގެ އެންމެ ޚާއްޞަ ކަމަކީ އަދި އެންމެ ގިނަ ބަޔަކަށް އޭދަފުށި އިނގެނީ ކުޅިވަރުގެ ވަކިން ޚާއްޞަކޮށް ފުޓްބޯޅައިގެ ރަށެއްގެ ގޮތުގައެވެ. އެކަމަކު އޭދަފުށިން އެހެން ޚާއްޞަ ގިނަ ކަންތައްތަކެއް ފާހަގަކުރެވެއެވެ. އޭގެތެރެއިން އެއް ކަމަކީ ހަވީރު ފިންޏަށް ނިކުތުމެވެ. އާއިލާތަކާއި ރަށްޓެހި ރަހުމަތްތެރިންނެވެ. އަދި އުމުރުން ދުވަސްވީ މީހުންވެސް މެއެވެ. ސައިކަލާއި ފައިމަގުގައެވެ. ޖޯލިފަތިތަކާއި, އެހެންވެސް މައިދާން ތަކުން ގިނަ ބަޔަކު ފެނެއެވެ.

އޭދަފުށްޓަކީ މަސައްކަތްތެރިވެސް ރަށެކެވެ. އެކަން ބޮޑަށް ފާހަގަކުރެވެނީ ޚާއްޞަ މުނާސަބަތަކަށް ތައްޔާރުވަމުންދާއިރުއެވެ. އޭދަފުށްޓަކީ ފަތުރުވެރިކަމުގެ ސަރަހައްދެއްގައި އޮތް ރަށެކެވެ. ރަށުން ފުރައިގެން ދެތިން މިނިޓުން ދެވޭ ހިސާބުގައިވެސް ރިސޯރޓެވެ. މިރަށުގެ އާބާދީ އަކީ 3493 މީހުންނެވެ. 57 ހެކްޓަރުގެ މިރަށުގައި 725 ގޭބިސީ އެބަހުއްޓެވެ. އަދި 92 ވިޔަފާރި ހުރި ކަމަށް ކައުންސިލުގެ ރަސްމީ ވެބްސައިޓުން ދައްކައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.