މާފުށިން ހައެއްކަ ގަނޑު ފޮޓޯ!

473

މާފުށްޓަށް ކެމެރާއަށް ލެންސެއް ދިއްކޮށްލައިފި ނަމަ ފަތުރުވެރިއެއް, ފަތުރުވެރިންނަށް ޚިދުމަތްދޭ ތަނެއް ނުވަތަ މީހެއް ތަސްވީރު ނުވެ ނުދާނެއެވެ. މާފުށީގެ ރަށު އާބާދީއަށްވުރެ ބޮޑީ ފަތުރުވެރިންނާއި, ފަތުރުވެރިންނަށް ޚިދުމަތްދޭ އާބާދީއެވެ. އެރަށަށް ޒިޔާރަތްކުރާ މެހުމާނުންނެވެ. އެރަށުގައި މިފަހުން ހޭދަކޮށްލި 24 ގަޑިއިރުން ނެގުނު ތަސްވީރު ތަކުންވެސް ސާފްވަނީ އެހަގީގަތެވެ.

މާފުށްޓަކީ ލޯކަލް ޓޫރިޒަމްގެ ފެށުމެވެ. މިހާރު 52 ގެސްޓް ހައުސް އެބަހުއްޓެވެ. އިތުރު ގެސްޓްހައުސްތައް އިމާރާތް ކުރުމުގެ އެކި މަރުހަލާގައެވެ. ނުވަތަ ހުރި ތަންތަނަށް ރޫމްތައް އިތުރުކުރުމުގެ މަރުހަލާތައްވެސް ކުރިއަށް ދަނީއެވެ. މިވަގުތު 1000 ކޮޓަރި މާފުށީގައި އެބަހުއްޓެވެ. އެއީ 2000 ފަތުރުވެރިންނަށް އެއްފަހަރާ ޚިދުމަތް ދިނުމުގެ ކެޕޭސިޓީއެވެ. އެއަދަދު މިއަހަރު ނިމޭއިރު 2300 އަށް އަރާނެ ކަމަށް މާފުށި ކައުންސިލުން މައުލޫމާތު ދެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.