ކުޅިވަރުގެ ހިތްގައިމު ވެށީގައި ‘ކްލިކް’ ގެ ފުރިހަމަ ލައިވް ކަވަރޭޖް

1449

ރާއްޖޭގެ ކުޅިވަރުގެ އެންމެ ހިތްގައިމު ވެއްޓަކީ ބ.އޭދަފުށި ކަމާމެދު ވެވޭ ދެބަސްވުން ކުޑައެވެ. އެވެށީގައި އޮންނަ ފުޓްބޯޅައިގެ ފޯރި އިންތިހާއެވެ. އެވެށީގައި ފުޓްބޯޅަ މުބާރާތެއް ކުޅޭނަމަ މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓެވެ. އެހެންކަމުން ރާއްޖޭގެ އެންމެ ފުރިހަމަ, ހިތްގައިމު ސްޓޭޑިއަމް ‘އޭދަފުށި ފުޓްބޯޅަ ސްޓޭޑިއަމް’ ގައި ކުޅޭ މެޗުތައް ވަގުތުން ދުރަށް ދެއްކުން މިއޮތީ މަޖުބޫރު ހާލަތަށް އައިސްފައެވެ.

ކްލިކް ލައިވްގެ ލައިވް ސެޓަޕް

މި އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ނިމުނު އޭދަފުށި ކައުންސިލްގެ 4 ވަނަ އޭދަފުށި ކަޕްގެ މެޗުތައް ވަގުތުން ދުރަށް ދެއްކުމުގެ ޒިންމާ ހަވާލުކުރާނެ ފަރާތެއް ކަނޑައެޅީ ޢާއްމު ބީލަމަކަށް ލައިގެންނެވެ. އެބީލަން ކާމިޔާބުކޮށް އެޒިންމާއާ ހަވާލުވީ ރ.މަޑުއްވަރީ ‘ކްލިކް ލައިވް’ އިންނެވެ. މިއީ 17-22 އަހަރާ ދެމެދުގެ ޒުވާނުން ހިމެނޭ ޓީމެކެވެ. އެޓީމުން ކަވަރޭޖްގެ ހުރިހާ ޒިންމާއެއް ނެގީ ފޮޓޯ ނެގުމާއި, ނިންމާ ރަސްމިއްޔާތުގެ ކޮމްފިޓީ އެރުވުމާއި, ކޮމެންޓްރީއާއި ސްޓޭޑިއޯ ލައިވްވެސް ހިމެނޭ ގޮތަށެވެ. މިއީ ޒުވާން ޓީމުން މިފަދަ ބޮޑު މުބާރާތެއްގެ ލައިވް ކަވަރޭޖާ ހަވާލުވި ފުރަތަމަ ފަހަރެވެ.

ކްލިކް ލައިވްގެ ޒުވާން ފޮޓޯ ގްރާފަރެއް މެޗު ނަގަނީ

ކްލިކްގެ ފުރަތަމަ ފަހަރުންވެސް ފުޓްބޯޅައިގެ ބްރޭންޑް ރަށް އޭދަފުށި ހިތްހަމަ ޖެހިއްޖެއެވެ. އޭދަފުށި ކައުންސިލް މާބޮޑަށްވެސް ހިތްހަމަ ޖެހިއްޖެއެވެ. މުބާރާތުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ކައުންސިލް މެމްބަރު ޒައިދު އަލީ ވިދާޅުވީ މީގެކުރިން މުބާރާތުގެ ތެރެއިން ކުދިކުދި މައްސަލަތައް ދިމާވި ނަމަވެސް މިފަހަރު އެއްވެސް މައްސަލައެއް ނުޖެހި ‘ސްމޫތް’ ކޮށް ނިންމާލެވިއްޖެ ކަމަށެވެ.

ކުރީ އަހަރުތަކުގައި ވަރަށް ބައިވަރު މައްސަލަތައް ދިމާވި. މިއީ ހަތަރުވަނަ އަހަރު ކުރާތާ, މިއަހަރު ހަމަ ވަރަށް ސްމޫތްކޮށް މިދިޔައީ. ފައިނަލް މެޗާ ހަމައަށް ވަރަށް ސްމޫތްކޮށް މިދިޔައީ. އެހެންވީމަ ކްލިކަށް ވަރަށް ބޮޑަށް ހަމަ ޝުކުރު އަދާކުރަން.

ކޮންމެ މެޗެއްގެ ލައިވް ފަށަނީ އޭދަފުށީގެ ހިތްގައިމު ސްޓޭޑިއަމް މަތިން ދައްކާލަމުންނެވެ. ކޮންމެ މެޗެއްގެ ‘ކޮލިޓީ’ ފޮޓޯތައް މެޗަށްފަހު ފޯރުކޮށްދެއެވެ. ކޮމެންޓްރީ ބޮކްސްގައި ލައިވް ފީޑް ފެންނާނެ އިންތިޒާމް ހުރީ ހަމަޖައްސާފައެވެ. ފައިނަލް މެޗުގެ ޝަރަފްވެރި މެހުމާނަށްވެސް ލައިވް ފީޑް ފެންނާނެ އިންތިޒާމް ހަމަޖެއްސިއެވެ. ފައިނަލް މެޗުގެ ޕްރީ ޝޯވް ވަރަށް ފުރިހަމައަށް ގެންގޮސް ނިންމާލީ ޕްލޭބެކް އިންޓަރވިއު ތަކާއެކުއެވެ. މުހިއްމު ކުޅުންތެރިންގެ ވީޑިއޯތައް ހިމަނައިގެން, އެކުޅުންތެރިންގެ ވާހަކަތައްވެސް ގެނެސްދީފައެވެ. ކޮންމެ މެޗެއްގެ ޓީމް ލިސްޓާއި, ފޯމޭޝަން ހިމެނޭހެން ގްރެފިކްސްތައް ވަގުތުން ސްކްރީނަށް އަރަމުން ދިޔައެވެ. ސްލޯއާއި ރިޕްލޭ ދައްކައިދިނެވެ.

މެޗުގެ ލައިވް ކޮމެންޓްރީ ދެނީ

ކުރުކޮށް ބުނާނަމަ މުޅި ރާއްޖެއަށް އޭދަފުށީގެ ފުޓްބޯޅަ ދައްކައިދިނެވެ. އޭދަފުށި ކައުންސިލްގެ ފޭސްބުކް  ޕޭޖުން މެޗު ބެލި މީހުންގެ އަދަދު 24,000 އަށް އަރައިފި އެވެ. ޔޫޓިއުބުންވެސް 2000 އަށްވުރެ ގިނަ މީހުން މެޗު ބެލިއެވެ. ޒުވާން ކްލިކް ޓީމުން ދެނީ ޔަގީންކަމެވެ. ކްލިކް ލައިވްގެ މެނޭޖަރ އަހުމަދު ދަފީން ބުނީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ކޮލިޓީގައި އިވެންޓްތައް ލައިވް ކޮށްދެވޭނެ ކަމަށެވެ.

މިމުބާރާތް (އޭދަފުށިކަޕް) ލައިވްކުރި ކޮލިޓީގައި ޓީމް ލިސްޓް އެރުވުމާއި, ސްލޯ ދެއްކުމާއި, ރިޕްލޭ ދެއްކުމާއި, ހައިލައިޓްސް ދެއްކުމާއި, މީގެއިތުރުން މުބާރާތުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް އެންމެ ފުރިހަމައަށް ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް

ކްލިކް ލައިވްއިން ސާބިތު ކޮށްދިނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މުބާރާތްތައް ލައިވް ކުރުމުގައި މިހާތަނަށް ދިމާވަމުން އައި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނެ ކަމެވެ. ޒުވާން ޓީމުން ދިނީ ރަށުން ބޭރުގައި ދިރިއުޅޭ, މުބާރާތްތަކަށް ރަށަށް ދިއުމުގެ ފުރުޞަތު ނުލިބޭ ރައްޔިތުންނާއި, ސަޕޯޓަރުންނާ ހަމައަށް މެޗުތައް ފުރިހަމައަށް ގެނެސްދޭނެ ކަމުގެ ޔަގީންކަމެވެ. ކްލިކް ލައިވް އަކީ އިތުބާރު ކުރެވިދާނެ ނަމެކެވެ.

ކްލިކް ލައިވް އިން ލައިވް ކުރި އޭދަފުށި ކަޕް ފައިނަލް މެޗާއި ޕްރީޝޯވ
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.