ފޮއްދޫ ކައުންސިލް ފުޓްސަލް: ޗެމްޕިއަންކަން ހޯދީ ކުޑަކަންމަތި ސްޕޯރޓްސް

206

ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ކުޑަކަންމަތި ސްޕޯރޓްސް ކްލަބުން ހޯދައިފި އެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކުޑަކަންމަތި ޔުނައިޓެޑާ ވާދަކޮށް 9-5 ން ކުރި ހޯދައިގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ކުޑަކަންމަތި ސްޕޯރޓްސް ކްލަބުން ހޯދީ މުބާރާތުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަކަންމަތި ސްޕޯރޓްސް ކްލަބްގެ މުޙައްމަދު މަމްދޫހު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން: ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކުޑަކަންމަތި ސްޕޯރޓްސްގެ މުޙައްމަދު މަމްދޫހު, އަލީ މުޙައްމަދު, ކުޑަކަންމަތި ޔުނައިޓެޑްގެ އަހުމަދު މާއިޝް ރަޝީދު, ކީޕަރު މުޙައްމަދު ޖައިލަމް, އަދި ވެލިދޫ ސްޕޯރޓްސް ކްލަބްގެ އަބްދުالله އިބްރާހީމް އެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ފޮއްދޫ ސިއްހީ މަރުކަޒު ޓީމްގެ ލައިޝް އެވެ. ރަން ބޫޓް ހޯދީ މުބާރާތުގައި 11 ލަނޑު ޖެހި ކުޑަކަންމަތި ޔުނައިޓެޑްގެ މާއިޝް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ތަށި ހޯދައިދިން ކޯޗު އަލީ މާހިރު އެވެ. ފެއަރޕްލޭ ޓީމަކީ ސާއްބަ އެފްސީ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ކިންގް އަކީ ޗެމްޕިއަން ޓީމްގެ މުޙައްމަދު މަމްދޫހު އެވެ.

މުބާރާތުގެ ކިންގް މަމްދޫހު: ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

މިއީ ފޮއްދޫ ކައުންސިލުން ބޭއްވި 5 ވަނަ ފުޓްސަލް ޗެލެންޖެވެ. އަންނަ އަހަރު ބާއްވާ ހަވަނަ މުބާރާތް ނ,.އަތޮޅުގެ ހުރިހާ ރަށަކަށާއި, ނ.އަތޮޅުގެ ރިސޯރޓްތަކަށްވެސް ބައިވެރި ވެވޭ ގޮތަށް ހުޅުވާލާނެކަން ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އިއުލާނު ކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް 15000 ރުފިޔާ ދެއްވާނެކަންވެސް އިއުލާނު ކުރެއްވިއެވެ. މީގެއިތުރުން އަންނަ އަހަރުގެ މުބާރާތުފެ ފެއަރޕްލޭ ޓީމަށްވެސް 10000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ފޮއްދޫ ކައުންސިލްގެ ފަސްވަނަ ފުޓްސަލް ޗެލެންޖްގައި ވާދަކުރީ ފަސް ޓީމެވެ. އެއީ ފޮއްދޫގެ ހަތަރު ޓީމާއި ވެލިދޫ ޓީމެކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.