ފޮއްދޫ ކައުންސިލް ފުޓަސަލް ޗެލެންޖް 2024 ގެ ފައިނަލްގެ ސީދާ ޖާގަ ކުޑަކަންމަތި ސްޕޯރޓްސް ކްލަބް ހޯދައިފި އެވެ.
ކުޑަކަންމަތި ސްޕޯރޓްސް ކްލަބް ފައިނަލްގެ ސީދާ ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔޔާބުކޮށް އެއްވަނަ ޓީމްގެ ގޮތުގައެވެ. ހަތަރު ވަނަ މެޗު ކާމިޔާބުކުރީ ކުޑަކަންމަތި ޔުނައިޓެޑާ ވާދަކޮށް 5-2 ނެވެ. މެޗުގައި މުޙައްމަދު މަމްދޫހު ދެ ލަނޑު ޖެހިއެވެ. އަނެއް ތިން ލަނޑު ޖެހީ އަހުމަދު ހަމީމް އާއި މުޙައްމަދު ޝަފްރާޒް އާއި އަލީ މުޙައްމަދެވެ. ކުޑަކަންމަތި ޔުނައިޓެޑްގެ ދެ ލަނޑު ޖެހީ ހުސައިން މިބުޝާމް އާއި އަހުމަދު މާއިޝް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދެ ލަނޑު ޖެހި މަމްދޫހު އެވެ.

މެޗުން ބަލިވިޔަސް ކުޑަކަންމަތި ޔުނައިޓެޑް ވަނީ ކުރިން ސެމީގެ ޖާގަ ޔަގީންކޮށްފައެވެ. ސެމީފައިނަލްގައި ކުޑަކަންމަތި ޔުނައިޓެޑް ވާދަކުރަން ޖެހޭނީ ވެލިދޫ ސްޕޯރޓްސް ކްލަބާއެވެ. ވެލިދޫ ސެމީގެ ޖާގަ ޔަގީން ކުރީ އެންމެ ފަހުގެ ޗެމްޕިއަން ސާއްބަ އެފްސީ 4-3 ން ބަލިކޮށްގެންނެވެ. މެޗުގައި ވެލިދޫގެ އަބްދުالله އިބްރާހީމް ތިން ލަނޑު ޖެހިއެވެ. އަނެއް ލަނޑު ޖެހީ އަލީ އާލިމް އެވެ. ސާއްބަ އެފްސީގެ ތިން ލަނޑު ޖެހީ އިބްރާހީމް އަދުލީ އާއި މުޙައްމަދު އާއިދު އާއި އަބްދުالله ނާހިޒު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހެޓްރިކް ހެދި އަބްދުالله އިބްރާހީމް އެވެ.
ސެމީފައިނަލް މެޗު ކުޅޭނީ އަންގާރަ ދުވަހުގެރެއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރެއެވެ.