ފޮއްދޫ ފުޓްސަލް: ކުޑަކަންމަތި ދެޓީމް ވެސް މޮޅު

667

ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ކުޑަކަންމަތީގެ ދެޓީމްވެސް މޮޅުވެއްޖެއެވެ.

ކުޑަކަންމަތި ސްޕޯރޓްސް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

ކުޑަކަންމަތި ސްޕޯރޓްސް ފުރަތަމަ މެޗު ކާމިޔާބުކުރީ ވެލިދޫ ސްޕޯރޓްސް ކްލަބާ ވާދަކޮށް 7-3 ނެވެ. މެޗު ކުޑަކަންމަތި ސްޕޯރޓްސް އިން ކާމިޔާބުކުރީ ވެލިދޫ ޓީމުން ފުރަތަމަ ދެ ލަނޑު ޖަހާ ކުރިހޯދާފައި ވަނިކޮށެވެ. މެޗުގައި ކުޑަކަންމަތި ސްޕޯރޓްސްގެ މުޙައްމަދު މަމްދޫހު ތިން ގޯލް ޖެހިއެވެ. ދެން އެޓީމްގެ ލަނޑުތައް ޖަހައިދިނީ އަހުމަދު އަޝްފާއު, އަހުމަދު ހަމީމް އެވެ. އަނެއް ލަނޑަކީ ވެލިދޫ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ވެލިދޫ ޓީމްގެ ތިން ލަނޑު ޖެހީ އަހުމަދު އިޔާހު އަލީއާއި, އަބްދުالله އިބްރާހީމް އެވެ. އަބްދުالله އިބްރާހީމް ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ތިން ލަނޑު ޖެހީ މަމްދޫހު އެވެ.

ކުޑަކަންމަތި ޔުނައިޓެޑާއި ސިއްހީ މަރުކަޒު ވާދަކުރި މެޗުގެ ތެރެއިން:ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

ވެލިދޫ ވަނީ ފުރަތަމަ މެޗުގައި ކުޑަކަންމަތި ޔުނައިޓެޑާ ވާދަކޮށް އެއްވަރު ވެފައެވެ. ކުޑަކަންމަތި ޔުނައިޓެޑް ވަނީ ދެވަނަ މެޗުގައި ފޮއްދޫ ސިއްހީ މަރުކަޒުގެ ޓީމް 9-2 ން ބަލިކޮށްފައެވެ. މެޗުގައި ކުޑަކަންމަތި ޔުނައިޓެޑަށް ކުޅެމުން އަންނަ އަހުމަދި މާއިޝް ރަޝީދު 5 ގޯލް ޖެހިއެވެ. އަދި މުޙައްމަދު ޝިފާން ދެ ގޯލް ޖެހިއެވެ. އަނެއް ދެގޯލް ޖެހީ މުހައްމަދު މައުމޫން އާއި މުހައްމަދު އައްލާމް އެވެ. ސިއްހީ މަރުކަޒު ޓީމްގެ ދެ ލަނޑު ޖެހީ އައްސަދު އަބްދުالله ވައްހާބު އާއި ހަސަން ފާތިހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފަސް ލަނޑު ޖެހި މާއިޝް އެވެ.

މިމުބާރާތުގައި 5 ޓީމް ވާދަކުރެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.