ތަސްވީރު: ރިހާކުރު އޮލަކުރަން ކުރާ ދަތުރު

423

ތަސްވީރުތަކުން ސިފަކޮށްދެނީ މަސްކެނޑުމާ ހަމައިން ރިހާކުރު ތައްޔާރުކުރުމާ ހަމައަށް ކުރާ ބުރަ މަސައްކަތެވެ. އެކަމަށް ހޭދަކުރަންޖެހޭ ވަގުތު އިހުސާސް ކޮށްދެއެވެ. މިއީ ރ.އަލިފުށީގައި ރިހާކުރު އޮލަކޮށް ވިއްކާ ގެއެއްގައި އެމަސައްކަތް ކުރަމުންދިޔަ އިރު ދެ ދުވަހެއްގެ މަތީން ނަގާފައިވާ ތަސްވީރު ތަކެވެ. އަލިފުށްޓަކީ ކުރިން މަސްވެރި ރަށެކެވެ. އެކަމަކު މިހާރު އެރަށުގައި އޮތީ މަހަށްދާ އެއް ދޯންޏެވެ. އަލިފުށީގައި ރިހާކުރު ތައްޔާރުކުރަނީ އެހެން އަތޮޅުތަކުގެ އޮޑިދޯނިފަހަރު ބާނާ މަސް ގަނެގެންނެވެ. އަލިފުށީގައި މަސް ގަންނަ ތިން މީހަކު އުޅޭކަމަށް މައުލޫމާތު ލިބެއެވެ. އެމަސް ގަނެގެން މަސް ކަނޑާ, ކައްކާ ރިހާކުރަށް ބަދަލުކުރުމަށް ކުރާ މަސައްކަތް ތަސްވީރުން ފެންނާނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.