ޖޯލި ބީން ޗެމްޕިއަންކަން ދިފާއުކޮށްފި

598

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖޯލި ބީން ދިފާއު ކޮށްފިއެވެ.

ފުރަތަމަ މުބާރާތުގެވެސް ޗެމްޕިއަންކަން ހޯދީ ޖޯލި ބީން ބޮޑުފުށި ދެވަނަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޖޯލި މޯލްޑިވްސް 3-1 ސެޓުން ބަލިކޮށްގެންނެވެ. ވާދަވެރި އަދި ފޯރިގަދަ ފައިނަލް މެޗު ޖޯލި ބީން ކާމިޔާބުކުރީ ފުރަތަމަ ސެޓް ޖޯލި މޯލްޑިވްސް އިން ހޯދާފައި ވަނިކޮށެ, ޖެހިގެން އައި ތިން ސެޓް ގެންގޮސްގެންނެވެ. ފުރަތަމަ ސެޓް ޖޯލި މޯލްޑިވްސް ގެންދިޔައީ 8 ޕޮއިންޓްގެ ތަފާތަކުންނެވެ. އެއީ 25-17 ނެވެ. މެޗުގައި އެންމެ ވާދަވެރިވީ ދެވަނަ ސެޓާއި ތިންވަަނަ ސެޓެވެ. ދެވަނަ ސެޓް ޖޯލި ބީން ގެންދިޔައީ 25-22 ނެވެ. އަދި ތިންވަނަ ސެޓް 25-23 ނެވެ. ހަތަރުވަނަ ސެޓް ވެގެންދިޔައީ ވަރަށް ފަސޭހަ ސެޓަކަށެވެ. ހަތަރުވަނަ ސެޓް ޖޯލި ބީން ގެންދިޔައީ 25-12 ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޯލި ބީންގެ ޝެހާން އެވެ.

ޗެމްޕިއަން ޖޯލި ބީން ޝީލްޑް އުފުލާލަނީ

މުބާރާތުގެ ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ޖޯލި މޯލްޑިވްސްގެ ތަރިންދު ލަކްމަލް އެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ޖޯލި ބީންގެ ޝެހާން އެވެ. ބެސްޓް މިދްލް ބްލޮކަރަކީ ޖޯލި ބީންގެ ސަޖިތު ލާހިރު އެވެ. ސެކަންޑް ބެސްޓް މިޑްލް ބްލޮކަރަކީ ޖޯލި ބީންގެ އަސްލަމް އިސްހާގު އެވެ. އެންމެ މޮޅު ސެޓަރަކީ ޖޯލި ބީންގެ ސާޖިދު ރަޝީދު އެވެ. ބެސްޓް އޮޕޮސިޓް ކުޅުންތެރިއަކީ ކުޑަފުށީގެ އަމީލާ ރޯޝަން އުދަޔަންގާ އެވެ. އެންމެ މޮޅު ލިބަރޯއަކީ ޖޯލި ބީންގެ ޝަރޫފް ޝާއިރު އެވެ. މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ޖޯލި ބީންގެ އިޔާން އަލީ އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޖޯލި މޯލްޑިވްސްގެ ތަރިންދު ލަކްމަލް އެވެ. އެންމެ މޮޅު ކޯޗަކީ ރާއްޖޭގެ ގައުމީ ވޮލީ ޓީމާ އަނެއްކާވެސް ހަވާލުވާން ތައްޔާރަށް ހުރި ޖޯލި ބީންގެ ކޯޗު މުޙައްމަދު ޝަރަފެވެ.

މުބާރާތާގުޅޭ ވީޑިއޯ ރިޕޯރޓް

މިއީ ރ.މީދޫ އެކުވެރި ކްލަބުން އެއަތޮޅުގެ ރިސޯރޓްތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. މީދޫގައި ކުރިއަށްގެންދިޔަ މުބާރާތުގައި 8 ރިސޯރޓުން ވާދަކުރިއެވެ. މުބާރާތް ނިންމަންވެސް ވަނީ ފުރިހަމަ ހަރަކާތްތަކަކާއެކު, ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.