ކުޑަފުށި މޯލްޑިވްސް ބަލިކޮށް, އިތާ އިންޓަރ ރިސޯރޓް ވޮލީބޯލަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ޖޯލި މޯލްޑިވްސް ހޯދައިފި އެވެ.
ފުރަތަމަ މުބާރާތުގެ ފައިނަލްގައި ކުޅުނު ކުޑަފުށީގެ މައްޗަށް ޖޯލި މޯލްޑިވްސް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ސެމީފައިނަލް މެޗުގައި ޖޯލި މޯލްޑިވްސް ސެޓްތައް ގެންދިޔައީ 25-18, 25-20, އަދި 25-14 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޯލި މޯލްޑިވްސްގެ ތަރިންދު ލަކުމަލް އެވެ. ކުޑަފުށި މޯލްޑިވްސް އަކީ ފުރަތަމަ މުބާރާތުގެ ފައިނަލްގައި ވާދަކޮށް ބަލިވި ޓީމެވެ. މުފަހަރު ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖްގައި ބަލިވީ ފުރަތަމަ މުބާރާތުގެ ފައިނަލްގައި ެވސް ބަލިބި ޖޯލިބީން އަތުންނެވެ.
ފައިނަލްގައި ޖޯލި މޯލްޑިވްސް ވާދަކުރަން ޖެހޭނީ ޖޯލިބީން އާއެވެ. ޖޯލިބީން ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. ޖޯލި މޯލްޑިވްސްވެސް ބައްޔެއް ނުވެއެވެ. އެކަމަކު ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖް ފަހު މެޗު ފާރުފުށި ރިސޯރޓް އެންޑް ސްޕާއިން ދޫކޮށްލުމުން, އެމެޗު ނުކުޅެއެވެ.
މިއީ ރ.މީދޫ އެކުވެރި ކްލަބުން އެއަތޮޅުގެ ރިސޯރޓް ތަކުގެ މެދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތުގައި 8 ރިސޯރޓް ވާދަކުރެއެވެ.