ފައިނަލްގެ ފުރަތަމަ ޖާގަ ޖޯލިބީން އަށް

741

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ޖޯލިބީން ބޮޑުފުށި ހޯދައިފި އެވެ. ފުރަތަމަ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރި ޖޯލިބީން ދެވަނަ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލް ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ހެރިޓެންސް އާރަށް ބަލިކޮށްގެންނެވެ.

ސެމީފައިނަލް މެޗުގެ ސެޓްތައް ޖޯލިބީން ގެންދިޔައީ ފަސޭހަކަމާއެކު އެވެ. އެއީ 25-11, 25-09, އަދި 25-15 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޯލިބީންގެ ޝެހާން އެވެ. ޖޯލިބީން ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޔޭޖްގެ ތިން މެޗުވެސް ކާމިޔާބުކޮށް, ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހެރިޓެންސް އާރަށް ސެމީއަށް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ސެމީފައިނަލް މެޗުން ބަލިވިޔަސް މުބާރާތުގެ ތިންވަނަ ކަނޑައަޅަން ކުޅޭ މެޗު ހެރިޓެންްސް އާރަށަށް އަދި އޮންނާނެއެވެ.

ސެމީފައިނަލް ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޖޯލި މޯލްޑިވްސް އާއި ގްރޫޕް ބީގެ ދެވަނަ ކުޑަ ފުށި މޯލްޑިވްސް އެވެ. މިއީ ރ.މީދޫ އެކުވެރި ކްލަބުން އެއަތޮޅުގެ ރިސޯރޓްތަކުގެ މެދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތުގައި އަށް ރިސޯރޓުން ވާދަކުރެއެވެ. ފައިނަލް މެޗު ކުޅުމަށް މިހާރު ތާވަލްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރެއެވެ.