މޮޅުވީ ޖޯލި ބީން އާއި ހެރިޓެންސް އާރަށް

374

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގައި ޖޯލި ބީން ދެވަނަ މެޗުވެސް ކާމިޔާބުކޮށް, ސެމީފައިނަލްގެ ޔަގީންކަން ހޯދައިފި އެވެ.

ޖޯލި ބީން ދެވަނަ މެޗު ކާމިޔާބުކުރީ މީދުއްޕަރާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ޖޯލި ބީން މެޗުގެ ސެޓްތައް ގެންދިޔައީ ފަސޭހަކަމާއެކު އެވެ. އެއީ 25-7, 25-14 އަދި 25-22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޯލި ބީންގެ ސާޖިދު ރަޝީދު އެވެ. ގްރޫޕް އޭގެ ޖޯލި ބީން ވަނީ ފުރަތަމަ މެޗުގައި 3-2 ސެޓުން ކުޑަފުށި ބަލިކޮށްފައެވެ.

ފުރަތަމަ މެޗުން ބަލިވި ހެރިޓެންސް އާރަށް ވަނީ ދެވަނަ މެޗުގައި ފާރުުފުށި ރިސޯރޓް އެންޑް ސްޕާ ސީދާ ތިން ސެޓުން ބަލިކޮށް, ސެމީގެ އުއްމީދު ހޯދާފައެވެ. ހެރިޓެންސް އާރަށް މެޗުގެ ސެޓްތައް ގެންދިޔައީ 25-22, 25-22 އަދި 25-20 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޗަމީރާ ޕްރަޝާދު އެވެ. ފުރަތަމަ މެޗުގައި ހެރިޓެންސް އާރަށް ބަލިވީ ޖޯލި މޯލްޑިވްސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

މުބާރާތުގައި ހޮނިހިރު ދުވަހުގެރޭ ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ ކުޑަފުއްޓާއި މީދުއްޕަރެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ ރީތިފަރާއި ހެރިޓެންސް އާރަށެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.