ދެވަނަ މެޗުންވެސް މޮޅުވެ, ޖޯލި މޯލްޑިވްސް ސެމީގެ ޖާގަ ޔަގީން ކުރަނީ

507

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގައި ޖޯލި މޯލްޑިވްސް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ ސެމީފައިނަލްގެ ޖާގައެއްގެ ޔަގީންކަން ހޯދައިފިއެވެ.

ރ.މީދޫ އެކުވެެރި ކްލަބުން އެއަތޮޅުގެ ރިސޯރޓްތަކުގެ މެދުގައި ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގައި ޖޯލް މޯލްޑިވްސް ދެވަނަ މެޗު ކާމިޔާބުކުރީ ރީތިފަރު ރިސޯޓާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ޖޯލި މޯލްޑިވްސްއިން ގެންދިޔައީ 25-20, 25-12 އަދި 25-10 ނެވެ. ވަރަށް ފަސޭހައިން ޖޯލި މޯލްޑިވްސް ކާމިޔާބުކުރި މެޗުގެ މޮޅު ކުޅުންތެރިއަކީ އެޓީމްގެ ތަރިންދު ލަކްމަލް އެވެ. ޖޯލި މޯލްޑިވްސް ވަނީ ކުޅުނު ފުރަތަމަ މެޗުވެސް ކާމިޔާބުކޮށްފައެވެ. އެއީ ހެރިޓެންސް އާރަށާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ރީތިފަރު ރިސޯރޓުން ފުރަތަމަ މެޗު ކާމިޔާބުކޮށްފައި ވާތީ އެޓީމަށް އަދި ސެމީފައިނަލްގެ ފުރުޞަތު އެބައޮތެވެ. ރީތިފަރު ރިސޯރޓް ފުރަތަމަ މެޗު ކާމިޔާބުކުރީ ފާރުފުށި ރިސޯރޓް އެންޑް ސްޕާއާ ވާދަކޮށް 3-2 ސެޓުންނެވެ.

މުބާރާތުގައިު ހުކުރު ދުވަހުގެރޭ ވާދަކުރާނީ ޖޯލި ބީން އާއި މީދުއްޕަރެވެ. މުބާރާތުގެ މެޗުތައް ކުޅެނީ މީދޫ ވޮލީ ކޯޓްގައެވެ.