އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ބަލިވި ނަމަވެސް, ދެވަނަ މެޗު ފަސޭހައިން ކާމިޔާބުކޮށް ކުޑަފުށި ކުޑަފުށި މޯލްޑިވްސް ސެމީގފައިނަލްގެ އުއްމީދު ހޯދައިފި އެވެ.
ކުޑަފުށި މޯލްޑިވްސް ދެވަނަ މެޗު ކާމިޔާބުކުރީ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގާ ރިސޯޓާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ކުޑަފުށިން ގެންދިޔައީ 25-14, 25-16 އަދި 25-21 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަފުށީގެ ރޯޝަން އުދަޔަންގާ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކުޑަފުށި ބަލިވީ ޖޯލި ބީންއާ ވާދަކޮށް 3-2 ސެޓުނެވެ. މާމުނަގާ ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އެއީ މީދުއްޕަރާ ވާދަކޮށް 3-2 ސެޓުންނެވެ.
މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ވާދަކުރާނީ ޖޯލި މޯލްޑިވްސް އާއި ރީތިފަރެވެ. ރ.މީދޫ އެކުވެރި ކްލަބުން އެރަށުގައި ބާއްވާ މުބާރާތުގައި އަތޮޅުގެ 8 ރިސޯރޓުން ވާދަކުރެއެވެ.
