ޖޯލި މޯލްޑިވްސް ފެށީ ފަސޭހަ މޮޅަކުން

406

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތް ޖޯލި މޯލްޑިވްސް ފަސޭހަ މޮޅަކުން ފަށައިފި އެވެ.

މީދޫ އެކުވެރި ކްލަބުން ރ.އަތޮޅުގެ ރިސޯރޓްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތުގައި ޖޯލި މޯލްޑިވްސް ވަނީ އެޓީމްގެ ފުރަތަމަ މެޗުގައި ހެރިޓެންސް އާރަށް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މީދޫ ވޮލީބޯޅަ ކޯޓްގައި ކުޅުނު މެޗުގެ ސެޓްތައް ޖޯލި މޯލްޑިވްސްއިން ގެންދިޔައީ 25-18, 25-15 އަދި 25-19 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޯލި މޯލްޑިވްސްގެ ތަރިންޑު އެވެ. ގްރޫޕް ބީގެ މިމެޗާއެކު މުބާރާތުގައި ކޮންމެ ޓީމެއްވެސް ވަނީ އެއް މެޗު ކުޅެފައެވެ.

ބުދަ ދުވަހުގެރޭ ކުޅޭ މުބާރާތުގެ ފަސްވަނަ މެޗުގައި ވާދަކުރާނީ މާމުނަގާ އާއި ކުޑަފުއްޓެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 17 ވަނަ ދުވަހުގެ ރެއެވެ. މުބާރާތުގައި 8 ރިސޯރޓުން ވާދަކުރެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.