މީދޫ އެކުވެރި ކްލަބުން އެރަށުގައި ކުރިއަށް ގެންދާ އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ތިންވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު އިންޓަރކޮންޓިނެންޓަލް މާމުނަގާ ކާމިޔާބުކޮށްފިއެވެ.
މާމުނަގާ އެޓީމްގެ ފުރަތަމަ މެޗު ކާމިޔާބުކުރީ މީދުއްޕަރާ ވާދަކޮށް 3-2 ސެޓުން ނެވެ. މެޗުގެ ފުރަތަމަ ސެޓް 25-14 ން ފަސޭހަކަމާއެކު ގެންދިޔައީ މީދުއްޕަރުން ނެވެ. އެކަމަކު ޖެހިގެން. އަދި ދެ ސެޓް ކާމިޔާބުކޮށް މާމުނަގާ މޮޅުގެ އުއްމީދު ހޯދިއެވެ. އެދެސެޓް މާމުނަގާއިން ހޯދީ 25-19, 25-21 ނެވެ. އެކަމަކު ހަތަރުވަނަ ސެޓް 25-23ން މީދުއްޕަރު ގެންދިއުމުން މެޗުގެ ވާދަވެރިކަން ބޮޑުވިއެވެ. ފަހު ސެޓް މާމުނަގާ އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 15-7 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިންޓަރކޮންޓިނެންޓަލް މާމުނަގާގެ އަބްދުލް މާޖިދު އަބުދުލްރަހުމާނެވެ.
މުބާރާތުގައި އަންގާރަ ދުވަހުގެރޭ ވާދަކުރާނީ ހެރިޓެންސް އާރަށާއި, ޖޯލި މޯލްޑިވްސް އެވެ. އަންގާރަ ދުވަހުގެރޭގެ މެޗާއެކު ކޮންމެ ޓީމެއް އެއް މެޗު ކުޅެ ނިމޭނެއެވެ. މުބާރާތް ނިމޭނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
