ވާދަވެރި ދެވަނަ މެޗު ކާމިޔާބުކުރީ ރީތިފަރު ރިސޯރޓް

359

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ދެވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު ރީތިފަރު ރިސޯރޓުން ކާމިޔާބުކޮށްފިއެވެ. ގްރޫޕް ބީގެ ފުރަތަމަ މެޗު ރީތުފަރު ރިސޯރޓުން ކާމިޔާބުކުރީ ފާރުފުށި ރިސޯރޓް އެންޑް ސްޕާއާ ވާދަކޮށް 3-2 ސެޓުން ކުރި ހޯދައިގެންނެވެ.

މެޗުގެ ތެރެއިން: ފޮޓޯ-މީދޫ އެކުވެރި ކްލަބް

މެދިގު ދެމިގެންދިޔަ މެޗުގެ ފުރަތަމަ ސެޓް ރީތިދަރުން ގެންދިޔައީ 26-24 ނެވެ. އެކަމަކު ޖެހިގެން އައި ދެސެޓް ފާރުފުށިން ކާމިޔާބުކުރުމުން މެޗު ވަރަށް ބޮޑަށް ވާދަވެރި ވިއެވެ. ދެވަނަ ސެޓް ފާރުފުށިން ގެންދިޔައީ 25-17 ނެވެ. އަދި ތިންވަނަ ސެޓް 25-21 ނެވެ. ރީތުފަރުން މެޗު ކާމިޔާބުކުރީ ހަތަރު ވަނަ ސެޓް ވަރަށް ވާދަވެރިކޮށް, ދިގުދެމިގެން ދިއުމަށްފަހު 30-28 ން ހޯދާ ފަސް ސެޓަށް މެޗު ދަންމާލައިގެންނެވެ. ފަހު ސެޓް ރީތިފަރުން ގެންދިޔައީ 15-12 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ރީތިފަރުގެ ސަންދޭޝް ރާއި އެވެ.

މެޗު ކުޅެން ޓީމްތައް އައުމުން މަރުހަބާ ކިޔަނީ: ފޮޓޯ-މީދޫ އެކުވެރި ކްލަބް

ރ.މީދޫ އެކުވެރި ކްލަބުން އެއަތޮޅުގެ ރިސޯރޓްތަކަށް ހުޅުވާލައިގެން މީދޫގައި ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި ރ.އަތޮޅުގެ 8 ރިސޯރޓަކުން ވާދަކުރެއެވެ.