ފުޓްބޯޅައިގަ ލ.އަތޮޅުގެ ޗެމްޕިއަނަކީ ތުނޑީ އެފްސީ

798

ފުޓްބޯޅައިގަ ލ.އަތޮޅުގެ ޗެމްޕިއަންކަން ތުނޑީ ފުޓްބޯޅަ ކްލަބުން ހޯދައިފި އެވެ. ލާމަސީލު ލާމު އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތުނޑީ އެފްސީން ހޯދީ ފައިނަލްގައި މުކުރިމަގާ ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމް 1-1 ން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ތުނޑި އެފްސީ ކުރިހޯދީ 5-4 ނެވެ. މެޗުގެ ފުރިހަމަ ވަގުތުގައި ފުރަތަމަ ތުނޑީ އެފްސީ އަށް ކުރި ލިބުނީ މުކުރިމަގުގެ އީސާ އަލީމް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން މުކުރިމަގު ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހުމަދު ރާހިލް ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ޕެނަލްޓީގައި ތުނޑި އެފްސީން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. މުކުރިމަގަށް ނާކާމިޔާބުވީ ފަސްވަނަ ޕެނަލްޓީ އެވެ. އޭރު ތުނޑީ ޓީމުން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. މުކުރިމަގުގެ ފަހު ޕެނަލްޓީ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ތުނޑި ޓީމްގެ އަހުމަދު ރަމީޒު އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ފޮނަދޫ ޓީމްގެ އިސްމާއީލް އަފާޒު އެވެ. އެންމެ ގިނަ ލަނޑު ޖެހީ މުކުރިމަގުގެ އިބްރާހީމް ވަހީދު ހަސަން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް ގައުމީ ޓީމްގެ މިޑްފީލްޑަރ އިބްރާހީމް ވަހީދު ހަސަން އެވެ. އެންމެ މޮޅު ކޯޗު މުކުރިމަގުގެ އިބްރާހީމް ރަޝީދު އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.