އދ.އަތޮޅު ރަށްތަކުގެ މެދުގައި ބޮޑު 3 މުބާރާތް އެކުއެކީގައި ކުރިއަށްދަނީ

320

އދ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން. އެކުއެކީގައި ބޮޑު ތިން މުބާރާތް ފަށައިފި އެވެ. އދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އަތޮޅުގެ ރަށްތަކުގެ މެދުގައި މިހާރު ކުރިއަށް ގެންދަނީ ފުޓްބޯޅަ މުބާރާތަކާއި, ވޮލީބޯޅަ މުބާރާތެކެވެ. ވޮލީބޯޅަ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނެއެވެ. މުބާރާތް ކުރިއަށް ގެންދަނީ އދ.މާމިނގިލީގައެވެ.

ފުޓްބޯޅަ މުބާރާތުގައި 5 ރަށަކުން ވާދަކުރެއެވެ. އެއީ މަހިބަދޫ, މަންދޫ, ދިގުރަށް, މާމިނގިލި, އަދި ފެންފުށްޓެވެ. މުބާރާތް ހަމަޖެހިފައިވަނީ ލީގު ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ސީދާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ދެވަނަ ޓީމާއި ތިންވަނަ ޓީމްގެ މެދުގައި ސެމީފައިނަލެއް ކުޅޭ ގޮތަށެވެ. މުބާރާތުގައި މިހާތަނަށް ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗު މަންދޫ އާއި ވާދަކޮށް 4-1 ން ކާމިޔާބުކުރީ މަހިބަދޫ އެވެ. ދެވަނަ މެޗު ދިގުރަށާއި ވާދަކޮށް 8-0 ން ކާމިޔާބުކުރީ މާމިގިއްޔެވެ.

ވޮލީބޯޅަ މުބާރާތުގައިވެސް 7 ރަށަކުން ވާދަކުރެއެވެ. އެއީ ކުނބުރުދޫ, މާމިނގިލި, ދަނގެތި, ދިއްދޫ, މަންދޫ, މަހިބަދޫ އަދި ދިގުރަށެވެ. ޓީމްތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭގައި ހިމެނެނީ ކުނބުރުދޫ, މާމިނގިލި, ދަނގެތި, އަދި ދިއްދޫ އެވެ. ގްރޫޕް ބީގައި ހިމެނެނީ މަންދޫ, މަހިބަދޫ އަދި ދިގުރަށެވެ. ސެމީފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ދެޓީމެވެ. ފިރިހެން ޑިވިޝަންގައި މިހާތަނަށް ވަނީ ހަ މެޗު ކުޅެފައެވެ.

މުބާރާތުގެ ވޮލީ މެޗެއްގެ ތެރެއިން

ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމްތައްވެސް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭގައި ހިމެނެނީ ކުނބުރުދޫ, ފެންފުށި, ދިއްދޫ, އަދި މަހިބަދޫ އެވެ. ގްރޫޕް ބީގައި ހިމެނެނީ ދަނގެތި, ދިގުރަށް, އަދި މާމިގިއްޔެވެ. އަންހެން ޑިވިޝަންގައި ވެސް މިހާތަނަށް ވަނީ 4 މެޗު ކުޅެފައެވެ. ފުރަތަމަ މެޗު ކުނބުރުދޫއާ ވާދަކޮށް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ފެންފުށްޓެވެ. ދެވަނަ މެޗު މަހިބަދޫ އާއި ވާދަކޮށް 3-2 ސެޓުން ކާމިޔާބުކުރީ ދިއްދޫ އެވެ.