އުރީދޫ ލާމަސީލު ލ.އަތޮޅު ފުޓްބޯޅަ މުބާރާތުގައި މުކުރިމަގާއި އިސްދޫ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ގްރޫޕް އޭގެ މުކުރިމަގު ފުރަތަމަ މެޗުން ބަލިވެފައި ވަނިކޮށް, ދެވަނަ މެޗުގައި ވަނީ 2-0 ން ފޮނަދޫ ބަލިކޮށްފައެވެ. ދެހާފްގައި މުކުރި މަގުގެ ދެ ލަނޑު ޖެހީ ގައުމީ ޓީމްގެ މިޑްފީލްޑަރ އިބްރާހީމް ވަހީދު ހަސަން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މުކުރިމަގު ވަނީ ފުރަތަމަ މެޗުގައި ދަނބިދޫ ޑައިސް އަތުން ބަލިވެފައެވެ.
ގްރޫޕް ބީގެ ދެވަނަ މެޗު ކާމިޔާބުކޮށް އިސްދޫ ވަނީ މޮޅަކުން މުބާރާތް ފަށާފައެވެ. އިސްދޫން މެޗު ކާމިޔާބުކުރީ ކުނަހަންދޫއާ ވާދަކޮށް 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ނާއިމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މުބާރާތުގައި 9 ޓީމް ވާދަކުރެއެވެ.