ލާމު ފުޓްބޯޅަ: މަތިމަރަދޫ އަށް 8 ލަނޑުގެ މޮޅެއް

248

އުރީދޫ ލާމަސީލު ލ.އަތޮޅު ފުޓްބޯޅަ މުބާރާތުގައި މަތިމަރަދޫން 8 ލަނޑުގެ މޮޅަކުން ފަށައިފި އެވެ.

މަތިމަރަދޫ ޓީމުން ކުޅުނު ފުރަތަމަ މެޗު 8-0 ން ކާމިޔާބުކުރީ ސޮލާހު ސްޕޯރޓްސް އެކަޑަމީއާ ވާދަކޮށެވެ. މަތިމަރަދޫ ޓީމުން ވަނީ މެޗުގެ ކޮންމެ ހާފެއްގައި 4 ލަނޑު ޖަހާފައެވެ. ފުރަތަމަ ދެ ލަނޑު ޖެހީ ނާއިޒު ހަސަން އެވެ. ފުރަތަމަ ހާފްގެ 43 ވަނަ މިނިޓާއި އިތުރު ވަގުތުގައި އަނެއް ދެ ލަނޑު ޖެހީ ހަސަން ޒައިދު އާއި މުޙައްމަދު ސާބިގު އެވެ. ދެވަނަ ހާފްގައި ފުރަތަމަ ލަނޑު އަލީ ސިސާން އެވެ. މިހާފްގައި ދެން ލަނޑު ޖެހީ ހަސަން ރާއިފް އާއި, އަހުމަދު މުޖުތަބާ އާއި, އަބުދުލް ފަރީޝް އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ މުހައްމަދު ސާބިގު އެވެ. މިއީ ގްރޫޕް ބީގެ ފުރަތަމަ މެޗެވެ. މިގްރޫޕްގައި ދެން ހިމެނެނީ ކުނަހަންދޫ އާއި އިސްދޫއެވެ. ގްރޫޕް އޭގެ ތިންވަނަ މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރި ދަނބިދޫއާއި މާމެންދޫ ވާދަކުރި މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ މާމެންދޫންނެވެ. އެޓީމަށް ލީޑް ނަގައިދިނީ އަބްދުالله ޔާމީން އެވެ. ދެވަނަ ހާފްގައި ދަނބިދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަހުމަދު ހާފިޒް އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ދަނބިދޫގެ މުހައްމަދު ޔާމީން އެވެ. ދެ މެޗުން 4 ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތީވެސް ދަނބިދޫ އެވެ.