ޤުރުއާން މުބާރާތުން 1 ވަނަ ހޯދުމުން އިނާމަށް ލިބުނު އުމްރާ ދަތުރުގެ ޚާއްޞަކަން!

1905

21 އަހަރުގެ އަހުމަދު އަލީ އޭޕްރީލް މަހު ޤިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕާއެކު އުމްރާގެ އަޅުކަމަށް ދިޔައީ ލޯބިވާ މަންމައާއި ބޮޑުދައިތައާއި, ދައްތަ ގޮވައިގެންނެވެ. އެއީ ނ.ވެލިދޫ ޒުވާނާއަށް ލިބުނު ބޮޑު އުފަލެކެވެ. އެދަތުރަކީ ރަށު ކައުންސިލުން ބޭއްވި ގުރުއާން މުބާރާތުން އޭނާއަށް ލިބުނު އިނާމެކެވެ.

އަހުމަދު މަންމައާއި އާއިލާގެ އެހެން މެމްބަރުންނާއެކު ގެފުޅު ކައިރީގައި

އިނާމނަށް ލިބުނު އުމްރާ ދަތުރު އަހުމަދު އަލީ ބޭނުންވީ އާއިލާގެ އެހެން މީހަކަށް ދޭށެވެ. ޚާއްޞަކޮށް މަންމައަށް އެދަތުރު ހަދިޔާ ކުރާށެވެ. އެއީ ކުއިންވެސް އޭނާއަށް އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިފައިވާތީވެސް މެއެވެ. އެކަމަކު މަންމަ ބޭނުންވީ އަހުމަދުއާއެކު އެދަތުރުގައި ދާށެވެ. އެހިސާބުން ދަތުރުގެ ޚާއްޞަކަން ބޮޑުވިއެވެ,. ބޮޑުދައިތައާއި ދައްތައާއެކު އުމްރާގެ އަޅުކަމަށް ދާން ލިބުނު ފުރުޞަތަކީ ހަޔާތުގައި އަހުމަދަށް ލިބުނު އެންމެ ޚާއްޞަ އެއް ފުރުޞަތެވެ.

އަހުމަދު މައްކާގައި

މެއި މަހުގެ ބަޔަކާއެކު 15 ދުވަސް މައްކާއާއި މަދީނާގެ އިތުރުން ތާއިފްގައި ހޭދަކުރި ދަތުރުގައި 4 އުމްރާ ކުރުމުގެ ފުރުޞަތު ލިބުނެވެ. އެއުފާވެރިކަމަކީ ބަޔާންކޮށްދޭން ތަދި އުފާވެރި ކަމެއްކަން އަހުމަދު ފާހަގަކުރިއެވެ. އެއާއެކު ދަތުރުގެ ތެރެއިން އޭނާ ހޯދި ޚާއްޞަ އުފަލަކީ ގެފުޅު ކައިރީ ޤުރުއާން ކިޔެވުމުގެ އުފާވެރިކަމެވެ. ޤުރުއާން މުބާރާތަކުން ފަޚުރުވެރި ވަނަ ހޯދައިގެން ދުނިޔޭގެ އެންމެ މާތް ދެ ބުމުގެ ތެރެއިން އެއް ބިމުގައި, ގެފުޅު ފެންނަ ހިސާބުގައި ޤުރުއާން ކިޔަވާލެވުމުން ލިބުނު އުފާވެރިކަން ބަޔާންކުރާކަށް އަހުމަދަށް ފަސޭހައެއް ނުވިއެވެ.

ކުރީފަހަރުވެސް އުމްރާއަށް އައިސްފަ އަޅުގަނޑު ދާކަށް ބޭނުމެއް ނުވި. މިފަހަރުވެސް ދާކަށް ބޭނުމެއް ނުވޭ. މިބިމަށް އައީމަ މިލިބޭ އުފާވެރިކަން އަނެއްކާ ހަރަމްފުޅުގައި އަޅުކަންކޮށް ޤުރުއާން ކިޔަވާލާ މިކަމުގެ ތެރޭގައި އުޅެން ފެށީމަ މިލިބޭ ހިތްހަމަ ޖެހުމާ އުފާވެރިކަން އަސްލު ބުނެދޭން ނޭންގެ.

އަހުމަދު އަލީ

އަހުމަދު ގަބޫލުކުރާ ގޮތުގައި ދެވަނަ އުމްރާއެއްގެ ފުރުޞަތު މަންމައާ އާއިލާގެ އެހެން ބައެއް މެމްބަރުންނާއެކު ލިބުމަކީ ގުރުއާނުގެ ދާއިރާއިން ކުރިއަށްދާން ކުރާ މަސައްކަތުގެ ނަތީޖާއެވެ. އޭނާގެ އުއްމީދަކީ ގުރުއާނުގެ ދާއިރާއިން ކުރިއަށް ދިއުމެވެ. އަދިވެސް މައްކާގެ މާތް ބިމަށް ދިއުމުގެ ނަސީބު ލިބުމަކީ އެންމެބޮޑު އެދުމެވެ. އެކަމަށް ޤިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕަކީ އެންމެ ރަނގަޅު ގްރޫޕްކަމަށް ދެދަތުރުގެ ތަޖުރިބާއިން އޭނާ ޔަގީންކޮށްދިނެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.