ފޮތް ފަންސޫރާއި ސްޓޭޝަނަރީސް އަކީ އަސާސީ ތަކެއްޗެވެ. ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ބޭނުންވާ, އެއާ ނުލާ ނޫޅެވޭނެ ސާމާނެވެ. ސްކޫލް މާހައުލާއި, އޮފީސް މާހައުލަށް މަޖުބޫރެވެ. ގޭތެރޭގެ މާހައުލުގައިވެސް މެއެވެ. އަހަރު ފެށޭއިރު ފޮތް ލިސްޓް ހަމަކުރިޔަސް ބުކްޝޮޕަކަށް ވަދެނުލާ ދުވަހެއް ނިންމާލުމަކީ ދުރު ކަމެކެވެ.

ރަނގަޅު ބުކްޝޮޕެއް އިހުތިޔާރު ކުރާއިރު ސަމާލުކަންދޭ ކަންތައްތަކެއް ހުރެއެވެ. އެންމެ ފުރަތަމަ ކަމަކަށް ގަންނަން ބޭނުންވާ އެއްޗެއް ލިބޭނެ ކަމުގެ ޔަގީންކަން އޮތުމެވެ. ދެވަނަ ތަނަކަށް ނުވަދެ ވަގުތު ސަލާމަތްކުރެވޭނެކަން ޔަގީންވާން ޖެހެއެވެ. އެއާއެކު އަގާއި ކޮލިޓީއެވެ. ހެޔޮ އަގެއްގައި އިތުބާރު ހުރި ރަނގަޅު ކޮލިޓީއަށް އިސްކަން ދެވެއެވެ. އެހެންކަމަށް ވާނަމަ އެފަދަ ބުކްޝޮޕަކީ ރާދަ ބުކްޝޮޕެވެ.
ރާދަ ބުކްޝޮޕުން ދޭ ޔަގީންކަމަކީ އެތަނުން ވިއްކާ އުފެއްދުންތަކުގެ ކޮލިޓީއަށް ދޭ ޔަގީންކަމެވެ. އަދި އަގު ބޮޑުނުވާނެ ކަމެއް ޔަގީންކަމެވެ. އެއާއެކު ގަންނަން ދާ އެއްޗެއް ނުވަތަ އޭގެ ހައްލެއް ހޯދައިދޭނެ ކަމުގެ ހިތްހަމަ ޖެހުމެވެ.
ހުޅުމާލެއާއި މާލެ ހިމެނޭ ގޮތަށް ރާދަ ބުކްޝޮޕްގެ ތިން ފިހާރަ އިންވެސް ސްކޫލް ސްޓޭޝަނަރީސް ޔަގީންކަމާއެކު ލިބޭނެއެވެ. އޮފީހުގެ މަސައްކަތު މާހައުލަށް ބޭނުންވާ ސްޓޭޝަނަރީސް ލިބޭނެކަން ޔަގީނެވެ. އޮފީސް މެޝިންސް, ޓޯނާ ކާޓްރިޖްސް ރާދަ ބުކްޝޮޕުން ފޯރުކޮށްދެއެވެ.
ފޮތް ފަންސޫރާއި މާކަރުގެ ގިނަ ބާވަތްތަކެވެ. އެކި އުމުރުގެ ޚާއްޞަކޮށް ކުޑަކުދީންނަށް ޚާއްޞަ ވާހަކަ ފޮތްތަކެވެ. ނޮވެލްސް, އެކްޓިވިޓީ, ކަލަރިންގ ފޮތްތަކުން ރާދަ ބުކްޝިޕްގެ ހަރުތައް ވަނީ ފުރާލާފައެވެ. އާރޓް އެންޑް ކްރާފްޓް މެޓީރިއަލްސް އާއި ބޯޑް ގޭމްތަކުން ރާދަ ބުކްޝޮޕްގެ ތިން ފިހާރަވެސް ވަނީ މުއްސަނދިކޮށްފައެވެ.

މީގެއިތުރުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް ސެން ޓީޗަރުން ބޭނުންކުރާ ‘ސެން އައިޓަމްސް’ ގެ ވަރަށްގިނަ ސާމާނު ރާދަ ބުކްޝޮޕުން ހެޔޮ އަގުގައި ލިބެއެވެ.
ރާދަ ބުކްޝޮޕް ޚާއްޞަވަނީ ހެޔޮ އަގުގައި ފުޅާ ދާއިރާއެއްގައި ރަނގަޅު ކޮލިޓީގެ ސާމާނު ފޯރުކޮށްދޭތީއެވެ. ރާދަ ބުކްޝޮޕް ހުންނާނީ މާލެ ސޯސަންމަގު ދިވެހި ބަހުގެ އެކަޑަމީ ކުރިމަތި, ހުޅުމާލެ ހޮސްޕިޓަލް ކުރިމަތި އަދި ހުޅުމާލެ ރެހެންދި ސްކޫލް ކައިރީގައެވެ.
