ރާއްޖޭގައި އޮތް އެންމެ ބޮޑު, އެންމެ ރީތި ކުޅި

3237

މިއީ ރަށުން މޫދަށް ފައިބާއިރު ހުޅުވާލެވިފައިވާ ކުޅިއެކެވެ. މިކުޅީގެ ހިތްގައިމު ކަމާއި, ފުރިހަމަކަން ބިނާ ވަނީ ކުޅީގެ ތެރޭގައި ހެދިފައިވާ ގަސްތަކުންނުވެ. ހެނދުނަށް ދިޔަވަރު ހިކި, މެންދުރު ވެގެން އަންނައިރު މޫދުގެ ލޮނނު ގަނޑާއެކު މުޅި ސަރަހައްދުން އިހުސާސްކޮށްދެނީ އަޅުގަނޑުމެން ދިވެހީންގެ ނަސީބު ރަނގަޅުކަމެވެ. ދިވެހީންނަށް ލިބިފައިވާ ގުދުރަތީ ގޮތުން މުއްސަނދި, ރީތި, މާހައުލެވެ. މިއީ އެފަދަ އެންމެ ތަނެކެވެ. މިއީ ލ.ހިތަދޫ ކުޅިއެވެ.

ހިތަދޫ ކުޅީގައި ފަތުރުވެރިން ކެނޯ ދުއްވަނީ: ފޮޓޯ-ހިތަދޫ މެންގްރޯވް އެޑްވެންޗަރ ޕޭޖް

ދިޔަވަރު ބޮޑުވުމުން ކުޅީގެ ތެރޭގައި ކެނޯ ދުއްވާލުމުގެ ފުރުސަތު ލިބެއެވެ. އެއިންތިޒާމް ހިތަދޫ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. ކުޅީގެ ރީތިކަމާއި, ފުރިހަމަކަން އަދި ހިތްހަމަޖެހުން އެންމެ ބޮޑަށް އިހުސާސް ވަނީވެސް ގަސްތަކުގެ ތެރެއިން ކުޅީގެ ތެރޭގައި ކެނޯގައި ދުއްވާލާފައި ދާއިރުއެވެ. ހަފްތާ ބަންދާއި ސްކޫލް ޗުއްޓީގައި ލ.އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންގެ ވެސް އެއްވަނަ މަންޒިލަކަށް މިހާރު ވަނީ މި ކުޅިއެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުންވެސް މިހާރު މިކުޅި ބަލާލާ, ތަޖުރިބާކޮށްލަން މީހުން ޒިޔާރަތް ކުރެއެވެ. މީގެއިތުރުން ލ.އަތޮޅުގެ ރިސޯރޓްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ވެސް މަގްބޫލް މަންޒިލަކަށް މިކުޅި ވެއްޖެއެވެ. މިއީ މިހާރު ހިތަދޫ ކައުންސިލަށް އާމްދަނީ ވަންނަ މެގެކެވެ.

ކުޅި ޕްރޮމޯޓްކުރުމުގެ ގޮތުން އަޅުގަނޑުމެން ހެދި ހިތަދޫ މެންގްރޫވް އެޑްވެންޗަރ ޕޭޖް, އިންސްޓަގްރާން ޕޭޖެއް އަދި ފޭސްބުކް ޕޭޖެއް އިންނާނެ. ޕޭޖް ތެރެއިން ބުކިންގ ހެއްދޭނެ ގޮތްތަކެއް ހުންނާނެ. އެއްދުވަސްކުރިން ބުކިންގ ހައްދަން އޮންނަ އޮތުމަކީ ފަހަރުގަ އެއްދުވަސް ކުރިން ބުކިންގ ނަހައްދާ މިކޮޅަށް އައިސްގެން މާޔޫސްވެދާނެފަދަ ހާލަތެއް މެދުވެރިވެދާނެތީ.

އިބްރާހީމް ޝައްމޫން/ ހިތަދޫ ކައުންސިލްގެ ރައީސް

ހިތަދޫ ކުޅިއަކީ މިހާރު ސަރުކާރުން ހިމާޔަތްކޮށްފައިވާ ކުޅިއެކެވެ. އެތަން ތަރައްޤީކޮށް, ބަދަލު ގެނައުމުގެ ފުރުޞަތެއް ހިތަދޫ ކައުންސިލަކަށް ނެތެވެ. ނަމަވެސް ކެނޯ ދުއްވުމުގެ ފުރުޞަތު ފަހިކޮށްދީގެން ހިތަދޫ ކައުންސިލުން ދަނީ ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހިތްހަމަޖެހުން ހޯދައި ދެމުންނެވެ. އަދި ރަށަށް މެހުމާނުން ޒިޔާރަތްކުރާނެ ސަބަބަކަށްވެސް މިހާރު ވެފައިވަނީ ހިތަދޫ ކުޅިއެވެ.

ހިތަދޫ ކުޅީގައި ފަތުރުވެރިން ކެނޯ ދުއްވަނީ

މިއީ ޒިޔާރަތްކޮށްލަން ރަނގަޅު, ހިތްގައިމު, އުފާވެރި ތަޖުރިބާއެއް ކޮށްލެވޭނެ ކުޅިއެކެވެ. މާހައުލެކެވެ. ޚަރަދު ބޮޑުވިޔަސް ދުރާލާ ޕްލޭން ކޮށްލައިގެން ޒިޔާރަތްކުރަން މިއީ ހަމަ އެކަށީގެންވާ މާހައުލެކެވެ. އެކަން މަތީގައިވާ ވީޑިއޯ ބަލާލުމުން ޔަޤީން ކުރެވޭނެ އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.