ރައްޔިތެއްގެ އަޑު: ރަތްމަންދޫގައި ދިރިއުޅޭ ޅައިމަގު ޝިފާއު

1014

އުފަން ރަށަކީ ށ.ޅައިމަގު ކަމަށް ވިޔަސް ދިރިއުޅުމެއް ބިނާކުރެވިފައިވަނީ މ.އަތޮޅު ރަތްމަންދޫ ގައެވެ. މުހައްމަދު ޝިފާއު ރަތްމަންދޫނގައި ދިރިއުޅުމެއް ފަށާ, އަނބިދަރިންނާއެކު އެރަށުގައި ދިރިއުޅޭތާ 14 އަހަރު ވީއެވެ. އެހެންކަމުން އޭނާގެ އުއްމީދުތައް ބޮޑަށް ގުޅިފައިވަނީވެސް ކުޑަ އާބާދީއެއް އޮތް ރަތްމަންދޫ އާއެވެ.

މ.ރަތްމަންދޫ

ޝިފާއުގެ ރަށު ތަސައްވަރު ހިއްސާކުރަމުން ބުނީ މިދިޔަ ފަސް އަހަރަކީ ދުއިސައްތައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަތްމަންދޫގައި ތަރައްޤީގެ ބޮޑަތި މަޝްރޫއުތަކެއް ހިންގި ފަސް އަހަރު ކަމަށެވެ. އެކަމަކު އޭނާގެ ކަންބޮޑުވުމަކީ ބައެއް މަޝްރޫއުތައް އަދި މުޅިން ނިންމާނުލެވި ހުރުމާއި, މެދުކެނޑިފައިވެސް މަޝްރޫއުތަކެއް ހުރުމެވެ. އެގޮތުން އެންމެ އަސާސީ ޚިދުމަތްކަމަށްވާ ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިންމާނުލެވި އޮތްކަން ޝިފާއު ފާހަގަކުރިއެވެ. އެކަމަކު އޭނާ ބުނީ އެމަސައްކަތުގެ %90 ނިމިފައިވާ ކަމަށެވެ. އަދި މުޅިން މަސައްކަތް ނިންމަން ބޭނުންވާ ސާމާނުވެސް ރަށަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން ޝިފާއު ލަފާކުރަނީ ހަފްތާއެއްގެ މަސައްކަތުން ރައްޔިތުންނަށް ޚިދުމަތް ލިބޭވަރު ކުރެވޭނެ ކަމަށެވެ.

ބޭނުންވަނީ ހަމައެކަނި ކުރާނެ އަތަކާއި ޕްލޭންތަކެއް.

މުހައްމަދު ޝިފާއު/ ރަތްމަންދޫގައި ދިރިއުޅޭ ޅައިމަގު ރައްޔިތެއް

ޝިފާއު ބުނީ ކުރިއަށް މިދިޔަ މަސައްކަތްތަކާއި, މިހާރު ހުއްޓިފައިހުރި މަސައްކަތްތައް އަލުން ފަށާ މެދުނުކެނޑި ކުރިއަށްގެންގޮސް އަވަހަށް ނިންމާލަދެއްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ނުނިމު ހުރި މަސައްކަތްތަކުގެ ތެރޭގައި ކައުންސިލް އިދާރާގެ އާއިމާރާތުގެ މަސައްކަތްވެސް ހިމެނެއެވެ. ނިމިފައިވާ މަސައްކަތްތަކުގެ ތެރޭގައި ކަރަންޓްގެ ވިއުގަ ބަދަލުކޮށް, އާ އިންޖީނުގޭގައި ޚިދުމަތް ދިނުން ޝިފާއު ފާހަގަކުރިއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.