މަތީގައިވާ ވީޑިއޯގައި ރަށުގެ އެންމެ ހަރު, ސީނިއަރ މީހުންނާ އެކު އެއް ހަމައެއްގައި ބެރު ޖަހަމުން އެދަނީ ކިރިޔާ ހަތަރު އަހަރު ފުރުނު ޒިވިއަން އަހުމަދު އަބުދުލް ހާރިސް (ޒިވީ) އެވެ. މިހާރު ޒިވީއަށް ހަތަރު އަހަރު ފުރިފައި ވިއަސް ފެންނަ މަންޒަރު ތަކަކަކީ ހަތަރު އަހަރު ފުރުމުގެ ކުރީގެ މަންޒަރުތަކެކެވެ. އެންމެފަހުން ބޮޑު އީދު ކޮޅުފުށީގައި ކުލަގަދަކޮށް ފާހަގަކުރިއިރު ފެނުނު އެންމެ ޝައުޤުވެރި އެއް މަންޒަރަކީ ހުދު ގަމީހާއި, މުންޑްގައި ކުޑަކުޑަ ޒިވީ ފަރިތަކަމާއެކު, ފޯރީގައި ހަމައަށް ބެރުޖަހަމުން ދިޔަ މަންޒަރެވެ.

ކިރިޔާ ދޮޅު އަހަރު ވީއުރު ބެރު ކައިރީ ކޮޅަށްހުރެ, އެއް ކޮޅުގައި ޖަހަން ފަށައިފި ކަމަށް ޒިވީގެ މަންމަ ބުންޏެވެ. ދެ އަހަރުވީއިރު ދަޅު އެއްޗިހީގައި ހަމައަށް ޖަހަން ފެށިއެވެ. ދެ އަހަރު ބައިވީއިރު ބެރާއެކު ބޮޑުބެރަށް ނަށަން ފެށިއެވެ. މިހާރު ލަނގިރީގެ ގިނަ ލަވަތަކަށްވެސް ބަރާބަރަށް ބެރު ޖަހައެވެ. ބެރުގެ ގިނަ ހަމަތަކަށް ފަރިތައެވެ.
މިހާރު ބެރު ޖަހަނީ ޔޫޓިއުބް ބަލާގެން, އެބަލާއިރު ނަށާތަންވެސް ފެންނާތީ ނަށަން ފެށީ
ޒިވީގެ މަންމަ
ޒިވީ މިހާރު އެހުނަރު އިތުރަށް ދަސްކުރަމުން ދަނީ ޔޫޓިއުބުން ބަލައިގެންނެވެ. ޔޫޓިއުމުން ބަލައިގެން ހަމައަށް ބެރުޖަހަން ފެށުމުގެ ނަތީޖާއަކީ އެފެނުނު މަންޒަރުތަކާއެކު ނެށުމަށްވެސް ޝައުޤު އުފެދި ބެރުގެ ލަވަތަކަށް ފައިހަމަކުރަމުން ދިއުމެވެ.
ޒިވީގެ ކާފައަކީ މޮޅު ބެރުޖެހުން ތެރިއެކެވެ. ޢީދުގައި ޒިވީ ބެރު ޖެހީ ކާފައާ އެއް ޓީމެއްގައެވެ. ކާފައަކީ ހުނަރުވެރ ބެރުވެރިއަކަށް ވުމުގެ ނަތީޖާއަކީ ގޭތެރެއިން ޒަވީއަށް ފަސޭހައިން ބެރު ލިބުމެވެ. އަދި ޖަމްއިއްޔާގެ އެފަދަ ސާމާނު ޒިވީގެ ގޭގައި ހުރުން ވެގެންދިޔައީ އެފަންނަށް ޒިވީގެ ޝައުޤު އިތުރަށް ލެނބެން މެދުވެރިވި ސަބަބަކަށެވެ. ޝައުޤު އިތުރުވި ސަބަބަށެވެ. ކުޑަކުޑަ ޒިވީ ބުނީ “ބެރުޖަހަނީ ފޫހިވީމާ” ކަމަށެވެ. އަދި “ބެރު ޖަހަނީ ކާފަ ބެރުޖަހާތީ” ކަމަށެވެ.
ހަޤީޤަތުގައި ޒިވީގެ ހުނަރުން ހަމަ ކޮސް ކޮށްކޮށްލައިފިއެވެ.
