ނ.ހެނބަދޫ އަށް އަސާސީ ޚިދުމަތްތައް ފުރިހަމަވުން

515

ހެނބަދޫ ކައުންސިލްގެ ރައީސް ވާހަކަ ފައްޓަވަމުން ފުރަތަމެވެސް ވިދާޅުވީ މިރަށަށް ގެންނަން ޖެހޭ އަސާސީ ހުރިހާ ޚިދުމަތްތަކެއް މިސަރުކާރުން ފޯރުކޮށްދެއްވައިފި ކަމަށެވެ. އެއާ ވިދިގެން ވިދާޅުވީ ޤާނޫނު އަސާސީގައި އަސާސީ ހައްޤުތަކެއް ލިޔެވި, އެހައްޤުތައް ކަށަވަރުކޮށްދެއްވި ހަމައެކަނި ރައީސްއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކަމަށެވެ. އެއާއެކު ދެން ވިދާޅުވީ އަމާން ދިވެހިރާއްޖެއަކަށް ގެންދިއުމަށްޓަކައި އިބްރާހީމް މުޙައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބުކުރަން ޖެހޭކަމަށެވެ. ތަފްސީލަށް ވަޑައިގަތީ އޭގެ ފަހުންނެވެ.

ހެނބަދޫ ބަނދަރު

މާލެއިން އުތުރުގައި އެންމެ, އެންމެ ރީތި ބަނދަރެއް އޮންނާނީ މިރަށުގައެވެ. މިއީ ހެނބަދޫގައި ބަނދަރެއް ހެދި ފުރަތަމަ ފަހަރެވެ. އޭގެ ފަސޭހަކަން ހެނބަދޫގެ ރައްޔިތުންނަށް ދަނީ ލިބެމުންނެވެ. ބަނދަރާއެކު ގިރާ ސަރަހައްދުވެސް ހިމާޔަތްކުރިއެވެ.

ބަލާލި ކޮންމެ ދިމާލަކުން އިބްރާހީމް މުޙައްމަދު ޞާލިހުގެ ތަރައްޤީ އެބަފެނޭ. އެގޮތުން ސްކޫލްގެ ހަތަރު ބުރީގެ އިމާރާތް, ފެނަކަ އާ އިމާރާތް އޮފީސް ބަޔަކާއެކު, އާރުއޯ ޕްލާންޓް, ފެނުގެ ޚިދުމަތްދޭން ރީތި އިމާރާތެއް. އެގޮތަށް ބަލާއިރު ވަރަށް ބައިވަރު ކަންތައްތަކެއް. އެންމެ އިސްކަމެއް ދީގެން ލަފާފުރުމުގެ ދަތިކަން ހައްލުކޮށް ދިނުމަށް މިރަށުގައި އެއޮތީ މާލެއިން އުތުރުގައި އޮތް އެންމެ ރީތި ބަނދަރު.

ހުސެއިން އަބޫބަކުރު/ ހެނބަދޫ ކައުންސިލްގެ ރައީސް

ކުރިން ވަށާފާރު އެކަނި ހުރި ފެނަކަ އޮފީހާއި, އިންޖީނުގެ ނިމި ޚިދުމަތް ދޭން ފަށައިފިއެވެ. 250 ކިލޯވޯޓްގެ އިތުރު ޖަނެރޭޓަރަކާއެކު ކޭބަލް ބަދަލުކޮށް ކަރަންޓްގެ ޔަޤީންކަން ހޯދައިދީފިއެވެ. ފެނުގެ ޚިދުމަތް ދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައިފިއެވެ. މިރަށަކީ އަމިއްލަ ވިޔަފާރިވެރިއަކު ކުރިން ނަރުދަމާ އަޅައިދީފައިވާ ރަށެކެވެ. މިސަރުކާރުން ދިނީ ފެނުގެ ޚިދުމަތެވެ.

ހެނބަދޫ ފެނަކަ އޮފީސް

ހެނބަދޫގައި އަޅާ އެންމެ އުސް އިމާރާތުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ 12 ކްލާސްރޫމާއި, މަލްޓިޕާޕަސް ހޯލް ހިމެނޭ ހަތަރު ފަންގިފިލާގެ އިމާރާތެކެވެ. ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ ބައިގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެމަރުކަޒުގެ ވަށާފާރު ރާނާ ނިންމައިފިއެވެ.

ހަތަރު ފަންގިފިލާގެ ސްކޫލް އިމާރާތް އަޅަނި

ކުޅިވަރުގެ ދާއިރާއިން ބަލާއިރު އައުޓްޑޯ ޖިމެއްގެ މަސައްކަތް ނިމި ބޭނުންކުރެއެވެ. ފުޓްސަލް ދަނޑު ނިންމާ އެދަނޑުގައި ޒުވާނުން ކުޅެއެވެ. ކުރިއަށް އޮތީ ވޮލީކޯޓް ތަރައްޤީ ކުރުމެވެ. އެއީ ނެޓްބޯޅައާއި ހޭންޑްބޯޅައަށްވެސް ބޭނުންކުރެވޭ ގޮތަށެވެ. އެކަމަށް ބޭނުންވާ ސާމާނު ހުރީ ހެނބަދޫގައެވެ.

ކުރިއަށް އޮތީ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތެވެ. އެކަމަށް ބޭނުންވާ ސާމާނުވެސް ހުރީ ހެނބަދޫއަށް ގެނެސްފައެވެ. އަށް ސަތޭކައިގެ އާބާދީއަކަށް މިއީ މާބޮޑަށްވެސް އެކަށީގެންވާ މިންވަރެއްކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.